March 23, 2026
Advertisement
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް / ސޯޝަލް މީޑިއާ

ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގި މީހަކު 25 އަހަރަށް ޖަލަށް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 2, 2025, 05:27 PM
މާލެ ސިޓީ

ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި މީހެއްގެ މައްޗަށް ދައުލަތުން އުފުލި ތިން ދައުވާއެއްގެ ތެރެއިން ދެ ދައުވާ ސާބިތުވެ ޖުމްލަ 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

Advertisement

މިމައްސަލައިގައި ޑިސެންބަރު 17، 2020 ގައި ދައުލަތުން ދައުވާކުރީ ނަސްރުﷲ ފާއިޒު ކިޔާ މީހަކަށެވެ.

މިއީ ކުޑަކުދިންގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ދައުވާ ލިބުނު މީހާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި މިއަމަލު ހިންގި އެއްވެސް ތަނެއްގެ މައުލޫމާތުވެސް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލާގައި ނަސްރުﷲ ފާއިޒުގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ:

  •  ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ
  •  ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދައުވާ
  •  ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާ

މި ތިން ދައުވާގެ ތެރެއިން ދެ ދައުވާ ވަނީ ސާބިތުވެފަ އެވެ. އޭނާގެ މައްޗަށް ސާބިތު ނުވީ އޮރިޔާންކާޑު ގެންގުޅުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް ސާބިތުވީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގެ ދައުވާގައި ކޯޓުން ހުކުމް ކުރީ 15 އަހަރަށް ޖަލަށް ލުމަށެވެ. ސާބިތުވި އަނެއް ދައުވާ ކަމަށްވާ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގައި އިއްވީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

2020 ގައި ކުރިމިނަލް ކޯޓަށް ހުށަހެޅި މި މައްސަލަ ހަތަރު އަހަރު ފަހުން ނިންމައި ހުކުމްކޮށްފައިވަނީ ޑިސެންބަރު 30 ވަނަ ދުވަހު އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved