March 14, 2026
Advertisement
ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ
ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ / އެމްޑީޕީ

މުޅި ގައުމުން ވައްކަން ކުރަމުން ދަނީ ރައީސްގެ ބައިވެރިވުމާއި އެކު: ވަހީދު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 2, 2025, 05:26 PM
މާލެ ސިޓީ

މި ސަރުކާރުގެ ވެރިންނާއި ކުންފުނިތަކުގައި ވެރިންގެ ތެރޭގައި ވެސް ވައްކަމާއި ހިޔާނާތް އިތުރުވެ، މިހާރު މުޅި ރާއްޖެ ވައްކަމުގެ ހާއްޔަކަށްވެފައިވާ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.

Advertisement

ރާއްޖެ ޓީވީން ގެނެެސްދިން "2024 ކުރުކޮށް" ޕްރޮގްރާމުގައި ވަހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރި ކެމްޕޭނުގައި ވެސް އެންމެ ގިނައި ދެއްކެވި ވާހަކަފުޅަކީ ވައްކަމާއި ހިޔާނާތާއި ކަރަޕްޝަން މި ގައުމުން ނައްތާލާނެ ކަމުގެ ވާހަކަތައް ކަމަށާއި ނަމަވެސް ކަންކަތައް ވެގެން ދިޔައީ މުޅިން އިދިކޮޅަށް ކަމަށެވެ.

ނަތީޖާއެއްގެ ގޮތުން މުޅި ގައުމު މިހާރު ވައްކަމުގެ ހާއްޔަކަށް ބަދަލުވެފައިވާ ކަމަށް ވެސް ވަހިދު ވިދާޅުވިއެވެ. އަދި މިހާރު ގައުމުގެ ހާލަތާއި މެދު ވިސްނާލާއިރު، ސިފަ ވެގެން ދަނީ މިހާރުގެ ރައީސް ޑރ. މުއިއްޒަށް ގައުމުގައި ވައްކަން ވަރިހަމަވެފައިވާ ކަހަލަ ގޮތަކަށްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ސަރުކާރުގެ އެއްވެސް މުއައްސަސާއަކަށް އަދި އެތަން ތަނުގެ އެމްޑީންނަކަށް ވެރިމީހާގެ ބައިވެރިވުމެއް ނެތި މިހާރު ރާއްޖޭގައި ހިނގަމުން މިދާ ބޮޑެތި ވައްކަމުގައި ބައިވެރިވާން ނުކެރޭނެ ކަމަށެވެ. އެހެންވެ ފެންމަތިވަމުންދާ ބޮޑެތި ހުރިހާ ވައްކަމެއްވެސް ހިނގަމުން ދަނީ ރައީސަށް ވަރަށް ރަނގަޅަށް އެގިހުންނަވައި، އެމަނިކުފާނުގެ ފަހުބަހާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

އަޅުގަނޑު ހައިރާންވެ، އަޖައިބުވާ ކަމަކަށް މި ދިމާވީ ވައްކަމުގެ ހާއްޔެއްގެ ގޮތުގައި ކުންފުނިތައް އެކަންޏެއް ނޫން، ދިވެހި ރާއްޖެ ވެސް ބަދަލުވެގެން މިދަނީ ވައްކަމުގެ ހާއްޔަކަށް.

ދިއްދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުﷲ ވަހީދު

ވަހީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ބޮޑެތި ވައްކަންތައް އާންމުވެ، ގައުމުގެ ހާލަތު ގޯސްވެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ގައުމުގެ ހާލަތަުވެއްޓިފައިވާ ކަމަށާއި އަދި ރައްޔިތުން ދަތިހާލުގައި ތިބި މި ދަނޑިވަޅުގައި އެންސްޕާއިން 34.8 މިލިއަން ރުފިޔާގެ މުއާމަލާތެއް ހިނގާފައިވާ ކަމަށެވެ. އަދި އެ މުއާމަލާތް ހިންގުމަށް ފަހު، ފައިސާ ދެއްވާފަ، ޖެހިގެން އައި ދުވަހު އަނބުރާ އެ ފައިސާ ދީފައިވާ ކަމަށް ބުނެފައިވާކަމަށެވެ.

ވަހީދު އިތުރަށް ވިދާޅުވީ އެންސްޕާގެ ފައިސާ އަކީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށާއި އެ ފައިސާއިން ވައްކަން ކޮށް އެފައިސާއަށް ހިޔާނާތްތެރި ވެފައިވާ މީޙުންނާއި މެދު ވަގުތުން ފިޔަވަޅު އަޅުއްވަން ޖެހޭނޭ ކަމަށެވެ. އަދި ވައްކަންތައް ފަޅާއަރައި ސަލާމަތް ނުވެވޭ ހިސާބުން ކޮންމެ ބޭފުޅަކު މަގާމުން އިސްތިއުފާދެއްވާ ކަމަށާއި ނަމަވެސް އެއީ ހައްލެއް ނޫންކަމަށެވެ. އަދި އެފަދަ ބޭފުޅުންނާއި މެދު ފިޔަވަޅު އަޅުއްވަން ޖެހޭނޭކަމަށް ހަވީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ބޮޑެތި ވައްކަންތައް އާންމުވެ، ގައުމުގެ ހާލަތު ގޯސްވެ، ރައްޔިތުން ކަންބޮޑުވާ ދަރަޖައަށް ގައުމުގެ ހާލަތަު ވެއްޓި، ރައްޔިތުން ތިބީ ދަތިހާލުގައި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved