April 24, 2026
Advertisement
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު
ޕީއެންއެފް އެސްޖީ- މަލީހު ޖަމާލު / ތޭރަ އޮންލައިން

މުއިއްޒުގެ ދައުރު ނިމުމުގެ ކުރީން ކޮފީ މަނާކުރުމުގެ ބިރުވެސް މިހާރު އެބައޮތް: މަލީހް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 3, 2025, 04:52 PM
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒުގެ ދައުރު ނިމުމުގެ ކުރީން ކޮފީ މަނާކުރުމުގެ ބިރުވެސް މިހާރު އެބައޮތް ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހު މިހެން ވިދާޅުވީ ދުންފަތާ ބެހޭ ގާނޫނަށް މި ފަހުން ގެނައި ބަދަލާ އެކީ ދުންފަތް އޮޅަން ބޭނުންކުރާ އެކި ސަމާނު ވެސް މަނާވާނެ ކަމަށް އިރުޝާދު ދީ ހެލްތު މިނިސްޓްރީން ކަސްޓަމްސްއަށް ސިޓީއެއް ފޮނުވަގުތެއްގައި އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މުއިއްޒު އަކީ އެތެރެ ހުސް ބޭފުޅެއްކަން މިހާރު ސާފު ވެއްޖެ ކަމަށާއި އެ ދަނީ މިހާރު ޒުވާނުންގެ ރަތްރޮގު ހުރަސްކުރަމުން ކަމަށެވެ.

ދައުރު ނިމުމުގެ ކުރީން މީނަ ކޮފީ މަނާކުރުމުގެ ބިރުވެސް މިހާރު އެބައޮތް.

މަލީހު

ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، މި ފަހުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ރިއާޔަތްކޮށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ އަލަށް ގެނައި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ބުނެފައިވާ ކަމަށެވެ.

އެހެންކަމުން ސިނގިރެޓް، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ތަކެތި އަތުލާ ނައްތާލަން ޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވެ އެވެ.

އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ހާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެ އެވެ.

ސަރުކާރުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓް ބޮޑުކޮށްފަ އެވެ. މިއާއެކު ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު މަދުވެ، ސިނގިރޭޓު ފޮށި ގަތުމުގެ ބަދަލުގައި އަމިއްލައަށް އޮޅައިގެން ސިނގިރޭޓު ބޯން ގިނަ ބަޔަކު ވަނީ ހިޔާރުކުރަން ފަށައިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved