މޫސުން ގޯސް / ޕޮލިސް
ހަބަރު
މޫސުން ވަރަށް ގޯސް، އޮރެންޖް އެލާޓް ނެރެފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓެއް ނެރެފި އެވެ.

މެޓުން އޮރެންޖް އެލާޓް ނެރުނީ 3:00 ޖަހާއިރުން ފެށިގެން ރޭގަނޑު 23:00 ޖެހުމާ ހަމައަށެވެ.

މިއީ ރާއްޖެއަށް މިދިޔަ އަހަރުގެ ފަހު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރަ ފެށުނު ފަހުން މެޓުން ނެރުނު ފުރަތަމަ އޮރެންޖް އެލާޓެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަށް ވަރަށް ބޮޑަށް މޫސުން ގޯހެވެ. މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވުމާއި އުދައެރުމުގެ ހާދިސާތައް ވަނީ ހިނގައިފަ އެވެ. އަދި ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރައިފަ އެވެ.

ރާއްޖެ އަށް މޫސުން ގޯސްވެފައި ވަނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ގުޅިފައިވާ ލޯ ޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މޫސުން ގޯސްވެފައިވާތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved