ބޯކޮށް ވާރޭވެހި އުދައެރުމުން ގެއްލުންވެ 6 ރަށަކުން ރިޕޯޓްކޮށްފި -- / އެމްއެންޑީއެފް
ހަބަރު
އުދަ އެރުމާއެކު، ބޯކޮށް ވާރޭވެހި ހަ ރަށެއްގައި ފެންބޮޑުވެ ސިފައިން ހަރަކާތްތެރިވަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
03 ޖެނުއަރީ 2025
މާލެ ސިޓީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވުމާއި އުދެއެރުމުގެ ހާދިސާތައް ހިނގައިގެން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނެފި އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އުދަ އަރާފައިވަނީ ށ.ނަރުދޫ އަދި ރ. އިނގުރައިދޫ އަށް ކަމަށެވެ. އަދި ވާރޭ ވެހި ފެންބޮޑުވެފައިވަނީ ދ. ކުޑަހުވަދޫ، ދ.މީދޫ، ފ.ނިލަންދޫ އަދި ފ. މަގޫދޫ އަށް ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށާއި އެއްވެސް ހާދިސާއެއްގައި ބޯހިޔާވަހިކަން ގެއްލި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައި ނުވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތުދެ އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ދ. އަތޮޅުގެ ދެ ރަށެއްގައި ފެން ބޮޑުވުމުގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އެގޮތުން ދ. ކުޑަހުވަދޫއާއި ދ. މީދޫގައި ފެން ބޮޑުވެ 10 އަކަށްވުރެ ގިނަ ގެއަށް ފެންވަދެގެން ހިފައި ގެންގުޅޭ ތަކެއްޗަށް ގެއްލުން ލިބިފައިވާކަމުގެ ރިޕޯޓްކޮށްފައިވެ އެވެ. އެހެންނަމަވެސް އެއްވެސް ގެއަކުން މީހުން ނެރެންޖެހޭފަދަ ހާލަތަކަށް ގޮސްފައިނުވެއެވެ. އަދި މިވަގުތު ރަށުގެ އެކި ދިމަދިމާލުން ކޯރު ކަނޑައިގެން ފެން ބޭރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ފ. ނިލަންދޫއަށާއި އދ. މާމިގިއްޔަށްވެސް ބޯކޮށް ވާރޭވެހި ބައެއް ގޭގޭގައި ފެން ބޮޑުވެގެން، އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިދިޔަ ބުދަ ދުވަހު ފެށި 2025 އާ އެކު އިރުވައި މޫސުމުގެ ހަޅަޖަހަން ފަށައި، މި ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ކުރިން ލަފާކޮށް ރައްކާތެރިވާން އިލްތިމާސް ކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށް ބުނެފައި ވަނީ އެއީ އިރުވައި މޫސުމުގެ ހަޅައިގެ އަސަރު ކަމަށެވެ.

މެޓުން މިއަދު ބުނިގޮތުގައި، ރާއްޖެ އަށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މި ފަހަރު އެ މޫސުން ފެށުން ވަނީ ލަސްވެފަ އެވެ. މި އަހަރު އިރުވައި މޫސުން ފެށުނީ އިއްޔެ އެވެ. އަދި ޖެނުއަރީ މަހު މުޅި ރާއްޖެ އަށް އިރުވައި މޫސުން ފަށަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved