March 18, 2026
Advertisement
އިންޑިއާ އައުޓަކީ ރައީސް ޔާމީނު ހިންގި ކެމްޕޭނެއް، އެ ހަރަކާތާ މި ސަރުކާރުން ދުރުވެއްޖެ
އިންޑިއާ އައުޓަކީ ރައީސް ޔާމީނު ހިންގި ކެމްޕޭނެއް، އެ ހަރަކާތާ މި ސަރުކާރުން ދުރުވެއްޖެ / ތޭރަގްރެފިކްސް

އަޅުގަނޑުމެން މިހާރު ރައީސް ޔާމީނާއި ދެކޮޅު، އިންޑިއާ އާއި އެއްކޮޅު: ސަރުކާރު

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 5, 2025, 05:29 AM
މާލެ ސިޓީ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ފެށި "އިންޑިއާ އައުޓް" ކެމްޕެއިނަކީ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ފެށްޓެވި މަސައްކަތެއް ކަމަށާއި މި ސަރުކާރުން އެކަމުން އެއްކޮށް ބަރީއަވާ ކަމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

Advertisement

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ "ވިއޯން" އަށް ދެއްވި އިންޓަވިއުއެއްގައި ހަލީލު ވަނީ މި ސަރުކާރުން މަސައްކަތް ކުރަނީ އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ކަމަށެވެ.

އަދި، އިންޑިއާ އައުޓުގެ ނަމުގައި އިންޑިއާގެ އަސްކަރިއްޔާއާ ދެކޮޅަށް ކަމަށް ބުނެ އެ ގައުމާމެދު ނަފުރަތު އުފައްދާ ދޮގު ފެތުރަމުންދިޔަ ކެމްޕޭނަކީ ރައީސް ޔާމީނުގެ ރޭވުމުގެ މަތިން، އެމަނިކުފާނު ކުރިއަށް ގެންދެވި ކަމެއް ކަމަށް ވެސް ހަލީލު ވަނީ ސިފަކުރައްވާފަ އެވެ.

ކުރިއަށް ދާއިރު މާކުރިން ހިނގާފައި ހުރި ކަންތަކާ އެކު ދާކަށް ބޭނުމެއް ނޫން. މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް [އިންޑިއާ އައުޓް] މޫމަންޓު ލީޑް ކުރެއްވީ. އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން. ހުންނެވީ ސަރުކާރާ ދެކޮޅަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި،

ހަލީލް

އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއްކަމަށް ހަލީލް ވިދާޅުވިއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީކޮށް ބައިވެރިވެފައިވެ އެވެ.

އަދި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވި އެވެ.

އިންޑިއާ އައުޓް ހަރަކާތާއި ގުޅޭ ގޮތުން ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުން ގެންދެވީ އެ ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ބޭނުން ނުވާތީ "ރައްޔިތުންގެ އަޑު" އުފުލަން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. އަދި އެއީ އިންޑިއާ އާއި އެ ގައުމުގެ ރައްޔިތުންނާ ދެކޮޅު ހަރަކާތެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved