March 14, 2026
Advertisement
އިންޑިއާ އައުޓުގެ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމެއްގައި މި ސަރުކާރުގެ ވެރިންތަކެއް ބައިވެރިވަނީ -
އިންޑިއާ އައުޓުގެ ހަރަކާތުގެ ތެރެއިން ބޭއްވި އެއްވުމެއްގައި މި ސަރުކާރުގެ ވެރިންތަކެއް ބައިވެރިވަނީ - / އަދަދު

ބުނި ބަސް ؛ އިންޑިއާ އައުޓް ނުހުއްޓުވޭނެ: އަބްދުއްރަހީމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 5, 2025, 03:39 PM
މާލެ ސިޓީ

"ބުނި ބަސް" ސެގްމެންޓްގައި މިއަދު މިބަލާލަނީ 04 ޖުލައި 2023 ވަނަ ދުވަހު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަފުޅަކަށެވެ.

Advertisement

"ދަ ޑިމޮކްރެޓް" އިން ބޭނުންވިއަސް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށާއި، އެއީ ރައްޔިތުންގެ ހަރަކާތެއް ކަމަށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެ ދުވަހު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޑިމޮކްރެޓްސްއާއިއެކުގައި، ސިޔާސީ މަޝްވަރާތައް ކުރިޔަށް ދިޔަސް، ޕީޕީއެމް-ޕީއެންސީން ހިފަހައްޓާނެ އުސޫލުތަކެއް ހުންނާނެ ކަމަށެވެ.

މިއަދު މިއޮތީ އެދުވަހު އަބްދުއްރަހީމް އުންމީދު ކުރެއްވި ވެރިކަން ޕީޕީއެމް/ޕީއެންސީ އަށް ލިބިފަ އެވެ.

ނަމަވެސް މިއަދު "ވަމުންދާގޮތް" ބައްލަވާށެވެ. އަބްދުއްރަހީމްގެ "ބުނި ބަސް" ދިމަލެއްނުވިއެވެ.!

މިއަދު އަބްދުއްރަހީމް ހިއްސާއޮތް ރައީސް މުއިއްޒުގެ ސަރުކާރުން ވިދާޅުވަނީ އިންޑިއާ އައުޓަކީ ރައީސް ޔާމީން އަދި ވެރިކަން ކުރާ ޕީއެންސީ ކޯލިޝަނުގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީނު ހިންގި ހަރަކާތެއް ކަމަށާއި އެ ހަރަކާތާ މި ސަރުކާރު އަދި ޕީއެންސީން ފެޔަށް ޖެހިފައިވާ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން އިސްނަންގަވައިގެން ކުރިއަށް ގެންދެވި ހަރަކާތެއްކަމަށް މި ސަރުކާރުގެ ފޮރިން މިނިސްޓަރު ހަލީލް ވިދާޅުވިއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުންހެން އެ ހަރަކާތުގައި އަމަލީކޮށް ބައިވެރިވެފައިވެ އެވެ.

އަދި ހަރަކާތް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމުގެ މަސައްކަތް ވެސް އޭރު ކުރެއްވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved