ޕޮލިސް ކާރާއި ސައިކަލު ޖެހި ހިނގި އެކްސިޑެންޓް. / ޕޮލިސް
ހަބަރު
ފުލުހުންގެ ކާރު އެކްސިޑެންޓްވި މަންޒަރު ދުށް މީހަކު ހޯދަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
05 ޖެނުއަރީ 2025
މާލެ ސިޓީ

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގެ މަންޒަރު ދުށް މީހަކު ހޯދަން ފުލުހުން އިއުލާނެއް ކޮށްފި އެވެ.

ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދޭ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.

ފުލުހުން މިއަދު ވަނީ އެ އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު މީހުން އެކަމުގެ މަައުލޫމާތު ހިއްސާކޮށްދިނުމަށް އެދިފަ އެވެ.

އެހެންކަމުން، މި އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުއްފަރާތެއް ވާނަމަ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved