ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން އިންޑިއާއަށް އެ ހާޒިރު ކުރަނީ އިންޑިއާގެ ކުރިމަތީ ކުޑަކަކޫ ޖައްސުވަން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭގެ މިނިވަން ކަމަށް އިންޑިއާ އިހްތިރާމް ކުރާނަމަ ވެރިކަމުގެ ޒައާމަތެއްގައި އިންޑިއާ އާއެކު އިތުބާރާއެކީ މަސައްކަތް ކުރެވޭނެ ހަމައެކަނި ލީޑަރަކަށް ހުންނާނީ އެމަނިކުފާނުގެ ޒައާމަތް ކަމަށެވެ.
އަޅުގަނޑު ކޮންޕްރޮމައިޒް ނުކުރާނެ ދިވެހިރާއްޖޭގެ ސިފަތައް، އިންޑިއާ އަށް އިނގޭނެ އެކަން ދެން ކޮންމެ މީހަކީ މޮޑޭ ފުއްގަޑެއްހެން އެމީހުން އަތުގައި ބޭނުން ގޮތަކަށް ބޮޑެލާނެ ބައެއް. ރޯދަމަހު ބޭނުންވަނީ ބޮޑު ގުޅައެއް ވިއްޔާ ބޮޑު ގުޅައެއް ކުޑަ ގުޅައެއް ވިއްޔާ ކުޑަ ގުޅައެއް. މާދަން ކަން ނޭނގޭ ޣައްސާން އެދަނީ [އިންޑިއާ އަށް]، ތަހުގީގަށް ހާޒިރު އެކުރަނީ. ކުޑަކަކޫ ޖައްސަން ގެންދަނީ އިނގޭތޯ،
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ބަހެއް ހިގާކަމަށް ވަންޏާ ދިވެހި ރާއްޖޭގެ މިނިވަންކަމާއި ދިވެހި ރާއްޖޭގެ އިސްތިގްލާލު ދިވެހި ރާއްޖޭގެ އެންމެ މުހިންމު ވާނެ ކަން އިންޑިއާ އަށް ވަރަށް ރަގަނޅަށް އިނގޭނެ ކަމަށެވެ.
އިންޑިއާއިން އެކަން ގަބޫލު ކުރަންޔާ އިންޑިއާ އަސްކަރިއްޔާ މިތަނުން ފައިބަން ޖެހޭނެ ކަމަށާއި ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން އިސްވެ އިންޑިއާ އިން މަސައްކަތް ކޮށްދޭން ޖެހޭނެ ކަމަށެވެ.
އަދި ވިދާޅުވީ އެކަމަށް އެއްބަސްވާނަމަ ޕީއެންއެފް އަށްވުރެ ރިލައިބަލް ސިޔާސީ ޕާޓީއެއް އެމީހުންނަކަށް [އިންޑިއާ] ނުފެންނާނެ ކަމަށެވެ.
އިންޑިއާގެ ވިއޯން ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ މިމަހުގެ 7-8 އަށެވެ. މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެކަން އެ ނޫޙުންވެސް ވަނީ ފާހަގަކޮށްފަ އެވެ.