March 23, 2026
Advertisement
އަލީ އާދަމް
އަލީ އާދަމް / ފޭސްބުކް

ދިވެހިން ހަނދާން ހުންނާނެ. އޮޅުވައެއް ނުލެވޭނެ: އަލީ އާދަމް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 6, 2025, 04:10 PM
މާލެ ސިޓީ

ދިވެހިން ހަނދާން ހުންނާނެ ކަމަށާއި އޮޅުވައެއް ވެސް ނުލެވޭނެ ކަމަށް ޕީޕީއެމްގެ ކުރީގެ ސެނެޓަރު އަލީ އާދަމް ވިދާޅުވެއްޖެ އެވެ.

Advertisement

ޝޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަލީ ވިދާޅުވީ ދިވެހި މުސްކުޅި ބަހެއް ބުނާ "މާޒީގެ ލޯގަންޑުން ބަލައިގެންނޭ މުސްތަގުބަލް ބިނާކުރަންވާނީ" މި ހަރުބަހަކީ ވަރަށްވެސް އިބުރަތްތެރިވާހަކަ ކޮޅެކަމަށެވެ.

އަލީ ވިދާޅުވީ މި ހަރުބަހަކީ ވަރަށްގިނަ ދިވެހިން ގަބޫލުވެސް ކުރާ ބަސްކޮޅެއް ކަމަށާއި ނަމަވެސް މިއަދު އަޑުއިވެނީ "މާޒީ އަކީ މާޒީ" ކަމަށް ބުނާއަޑުކަމަށެވެ.

އަލީގެ ޕޯސްގައި ދެން ވިދާޅުވީ އެ މާޒީގައި ކުރިކަންތަކަކީ ހަނދާންނައްތާލާފަ ވާކަމެއް ކަމަށާއި އަދި އެކަމުން ތިމަންމެން މިތިބީ މިންޖުވެގެން ކަމަށް ބުނެ ބޯ ދަމައި ގަންނަ މަންޒަރު މިހާރު ފެންނަ ކަމަށެވެ.

ނަމަވެސް ހީފުޅުކުރައްވަނީތޯ ދިވެހިންގެ ތެރޭގަ ތިބިީ، ދެތިން ހަތަރު އެން އެއްލާފަ ފެންޖަހައިގެން ބާނާ ފަސްރޮނގު ދެމި މަސް ކަމަށް؟ ނޫނެކެވެ ދިވެހިން ގެ ހަނދާން ނުނެތޭނެ

ފޮރިން މިނިސްޓަރު ހަލީލް ދެއްކެވި ވާހަކަ އަށް ރައްދުދީ އަލީ އާދަމް

އަލީގެ ޕޯސްޓް ނިންމަވާލައްވަމުން ލިޔުއްވާފައިވަނީ "އިނގިރޭސި ބަހުން ބުނެލެވިދާނެ ދުލުގަ ކަށި ނެތީމަ، "ވީ ކޮންސިޑަރ ޕާސްޓު އިސް ޕާސްޓް" ކަމަށް އެހެނަސް ދިވެހިން ހަނދާން ވެސް ހުންނާނެ. އޮޅުވައެއް ވެސް ނުލެވޭނެ.!" ކަމަށެވެ.

އަލީ މިމޭރުމުން ޕޯސްޓެއް ކުރެއްވިއިރު އިންޑިއާ އާ ދެކޮޅު ހަރަކާތްތަކަކީ މި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫން ކަމަށާއި އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދަނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިފަހުން ވަނީ ވިދާޅުވެފައި އެވެ.

އިންޑިއާ އަށް މިފަހުން ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހި ކުރަން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved