April 3, 2026
Advertisement
ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް)
ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) / ރާއްޖެ އޮންލައިން

އެމްޑީޕީގެ މެންބަރު މަނަދޫ ތޯރިގް ވެސް "ވަގަށް" ޕީއެންސީގެ ދަފްތަރަށް ބަދަލުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 6, 2025, 04:34 PM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެމްބަރުން އިތުރު ކުރުމަށް ސަރުކާރުން ފަށާފައިވާ "ވަގު ފޯމް" ފުރުމުގެ ތެރެއިން ކުރީ ސަރުކާރުގެ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ޕީއެންސީ ދަފްތަރުގައި ހިމެނި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

Advertisement

ފެށުނީންސުރެ ވެސް އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވާ ތޯރިގް ކުރެއްވި ޓުވީޓެއްގައި، އީސީއަށް ހުށަހަޅާފައިވާ ފޯމާއި އައިޑީކާޑުގެ ތަފްސީލް ވަނީ އާންމުކުރައްވައިފަ އެވެ. އެ ފޯމުގައި އެހެން މީހެއްގެ ފޮޓޯ ޖަހާފައިވާ އިރު މަންމަގެ އެޑްރެސްގެ ގޮތުގައި ޖަހާފައި އޮތީ ތޯރިގުގެ މާލެ ދަފްތަރު ނަމްބަރެވެ.

އޭގެ އިތުރުން ސޮއި ވެސް އައިޑީ ކާޑުގައި އޮތް ސޮޔާ އެއްވެސް ގޮތަކަށް ދިމާނުވާކަން ފޯމުން އެނގެން އޮވެ އެވެ.

ޕީއެންސީން މި ފަހުން 50،000 އަށް ވުރެ ގިނަ މެންބަރުން އެ ޕާޓީއަށް ހަމަކޮށްފައި ވާއިރު އެހެން ޕާޓީތަކުގެ މެންބަރުން އެ ޕާޓީއަށް ވައްދާފައިވާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ. އަދި ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް އެ ޕާޓީން މިދުވަސްވަރު ޕީއެންސީގެ ބައެއް ފަރާތްތަކުން މީހުންގެ ސޮއި ފޯޖްކޮށް ފޯމް ފުރަމުންދާކަމަށް ބުން ސޯޝަލް މީޑިއާގައި ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މީހުންނަށް ނޭނގި ޕާޓީ ބަދަލުކުރާ ކަމުގެ ޝަކުވާތަކެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިފަހުން ވަނީ ބުނެފަ އެވެ. އަދި ތޯރިގްގެ ޕާޓީ ބަދަލުވި ގޮތް ވެސް ބަލަމުން އަންނަ ކަމަށް އީސީން ބުނެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދާދި ފަހުން ވަނި ސަރުކާރުގެ އިސްވެރިންނާ ކުންފުނިތަކުގެ ވެރިންވެސް އަތޮޅު ތެރެއަށް ދަތުރުކޮށްފަ އެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު ޕީއެންސީއިން ހަދަމުންދާ ގޯސްތައް ގިނަ ކަމުން ރައްޔިތުން ތިބީ އެވެރިން މަތިން ފޫހިވެފައިކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved