އަތުހަރު / ސޯޝަލް މީޑިއާ
ހަބަރު, ވިޔަފާރި
ޖަލުގައި އަތުހަރު ދަންޖެހުނު މައްސަލާގައި ދެ ފުލުހަކަށް ދައުވާކުރަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
06 ޖެނުއަރީ 2025
މާލެ ސިޓީ

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވި މައްސަލައިގައި ދެ ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެޗްއާރްސީ އިން އެދިއްޖެ އެވެ.

އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން މިއަދު ބުނީ މިހާރު ދެ ފުލުހަކަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

ދައުވާ ކުރާ އަސާސްގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ. އޮޓޮޕްސީގެ ނަތީޖާއިން ދައްކާގޮތުގައި އަތުހަރު މަރުވީ ދަންޖެހިގެންނެވެ.

މާލޭގައި މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އަތުހަރު، ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލާގައި އޭނާ ދޫނިދޫގައި ހައްޔަރުކޮށްފައި ހުއްޓާ ޖަލު ގޮޅީގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދުނީ އެ ރޭ 7:25 ހާއިރު އެވެ.

އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް އަތުހަރު މަރުވީ މިދިޔަ ސެޕްޓެމްބަރު ދެވަނަ ދުވަހުގެ ހަވީރު 4:08 ހާއިރު އެވެ.

ބަންދުގައި ހުއްޓައި އަތުހަރު މަރުވި ސަބަބު ދެނެގަންނަން ޕޯސްޓްމޯޓެމް ހަދަން ފުލުހުން ނިންމި ނަމަވެސް އޭނާގެ އާއިލާއިން ވަނީ ޕޯސްޓްމޯޓެމް ހަދަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އެކަމަކު، ޖަލުގައި މަރުވާ މީހުންގެ އާއިލާއިން ގަބޫލުނުވިޔަސް ޕޯސްޓްމޯޓެމް ހަދަން މީގެ ކުރިން ވަނީ ނިންމައިފަ އެވެ.

ފުލުހުން މީގެ ކުރިން ހާމަކުރި ގޮތުގައި އަތުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިއުމާ ދޭތެރޭ ހޭދަވީ 23 މިނެޓެވެ. އެކަމަކު، އޭނާ ދަންޖެހުނު ފަހުން ފުލުހުންނަށް އޭނާ ފެނުމާ ދޭތެރޭ 30 މިނެޓު ހޭދަވިކަން ފުލުހުން ނޫސްވެރިންނަށް ދެއްކި ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved