March 27, 2026
Advertisement
ހުޅުމާލެ ސަހަރާގެ ފެން ފަށަލަ: ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ވަޅުލާން ތިބި މީހުން ވަގުތީގޮތުން އާސަހަރާ މިސްކިތަށް --
ހުޅުމާލެ ސަހަރާގެ ފެން ފަށަލަ: ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ސަހަރާގައި ވަޅުލާން ތިބި މީހުން ވަގުތީގޮތުން އާސަހަރާ މިސްކިތަށް -- / މާލެ ސިޓީ ކައުންސިލް

ފެން ނުހިނދޭތީ ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 7, 2025, 07:29 PM
މާލެ ސިޓީ

މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރަ އަށް ފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައިފި އެވެ.

Advertisement

ހުޅުމާލެ ސަަހަރާގައި މީހުން ވަޅުލުން މެދުކަނޑައިލި ކަން ހާމަކުރީ މާލެ ސިޓީ ކައުންސިލުން "އެކްސް" ގައި ކުރި ޕޯސްޓެއްގަ އެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މިވަގުތު ކުރާ ވިއްސާރާއިގެ ސަބަބުން ހުޅުމާލެ ސަހަރާގެ ފެންފަށަލައިގައި އަށް އިންޗިއާއި ނުވަ އިންޗިއާއި ދެމެދު މިންވަރަކަށް ފެން ހަރުލާފައި އެބަހުރި ކަމަށެވެ.

އަދި ބުނީ މިއަދު ހުޅުމާލެ ސަހަރާގައި ވަޅުލަން ހަމަޖެހިފައިވާ މީހުންގެ ޖަނާޒާގެ އިންތިޒާމް ހަމަޖެހިފައިވަނީ، މާލޭ އާ ސަހަރާ މިސްކިތުގައި ކަމަށެވެ.

ގަދަ ވިއްސާރާގައި ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލަން ދަތިވާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މީގެ ކުރިން ވެސް ތިން ފަހަރެއްގެ މަތިން ހަމަ މި މައްސަލަ ދިމާވެގެން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved