ރާއްޖެއަށް ގެނައި އޭ330 މަތިންދާބޯޓު / ރައީސް އޮފިސް
ހަބަރު
މޯލްޑިވިއަންގެ އެއާކްރާފްޓަކީ މުޅިން އާ އެއާކްރާފްޓެއްކަމަށް ބުނެ ސަރުކާރުން ދޮގު ހެދިކަން ފަޅާ އަރައިފި
Hussain Nawaf
ހުސައިން ނަވާފް
07 ޖެނުއަރީ 2025
މާލެ ސިޓީ

މޯލްޑިވިއަންގެ އެއާކްރާފްޓަކީ މުޅިން އައު އެއާކްރާފްޓެއްކަމަށް ބުނެ ސަރުކާރުން ދޮގު ހެދިކަން ފަޅާ އަރައިފި އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު ރާއްޖެ ގެެނައުމާއި ގުޅިގެން ސަރުކާރުގެ ސްޕޯކްސްޕާސަން ހީނާ ވަލީދުވަަނީ އިއްޔެ ގެނައި މަތިންދާ ބޯޓަކީ އާ ބޯޓެއްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެއީ ދޮގެއްކަން މިހާރުވަނީ ހާމަވެފައެވެ. އެކަން ހާމަވެފައިވަނީ ސޯޝަލް މީޑިއާގައި އެ ބޯޓާއި ގުޅޭ މައުލޫމާތު ލީކުވުމާއި ގުޅިގެންނެވެ.

އެގޮތުން އެ މަތިންދާ ބޯޓަކީ 14 އަހަރު ދުވަސްވީ ބޯޓެއް ކަމާއި މިހާތަނަށް އިތުރު 3 އެއާލައިނަކުން އެ ބޯޓު ބޭނުންކޮށްފައިވާކަން ހާމަވެއެވެ. އެއީ 2010ވަނަ އަހަރު ކޭ އެލް އެމާއި 2022 ވަނަ އަހަރު ސުރިނާމް އެއާވޭސް އަދި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު އެއާހަބް އެއާވޭސްގައި ބޭނުންކޮށްފައިވާ ބޯޓެއްކަން ހާމަވެފައިވެއެވެ.

މަތިންދާ ބޯޓުގެ ރަޖިސްޓްރޭޝަން ޑީޓެއިލްސް
ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved