April 3, 2026
Advertisement
ރައީސް މުއިއްޒު ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.--
ރައީސް މުއިއްޒު ގއ. އާއި ގދ. އަށް ކުރައްވާ ދަތުރުފުޅުގައި ގދ. ފިޔޯރީގައި ރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ.-- / ރައީސް އޮފިސް

ރައީސް މުއިއްޒުގެ ވިސްނުންފުޅު ހުރީ ކައުންސިލްތައް ޕާޓްޓައިމް އަށް ބަދަލުކުރަން

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 8, 2025, 01:37 PM
މާލެ ސިޓީ

ކައުންސިލްތަކުގައި ފުލްޓައިމްކޮށް ހިދުމަތްކުރާން ކައުންސިލުގެ ރައީސާއި، ނައިބު ރައީސް އެކަނި ތިބޭ ގޮތަށް ކަނޑައަޅައި، ބާކީ ކައުންސިލަރުންނަކީ ޕާޓްޓައިމް މެންބަރުންނަށް ހެދުމަކީ އެ މަނިކުފާނު ހުށަހަޅުއްވާ ހިޔާލުކަމުގައި ވިދާޅުވެ، އެ ކަމުގައި އާންމުންގެ ޚިޔާލު ވެސް ފާޅުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ އެދިވަޑައިގެންފިއެވެ.

Advertisement

ގއ. އާއި ގދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަކުރަން ވަރަށް ގިނަ ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ.

އެގޮތުން އެމަނިކުފާނަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދު ނުކޮށް، ފުލް ޓައިމްކޮށް ތިބޭނީ ރައީސާއި ނައިބް ރައީސް އެކަނި ކަމަށް ކަނޑައެޅުން ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް ފުލްޓައިމްކޮށް ތިބޭނީ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބު ކުރާނީ ކައުންސިލްގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުންނަށް ކަމަށް ކަނޑައަޅައި، މިހާރު ވެސް ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބު ކުރުން،

ރައީސް މުއިއްޒުގެ އާ ހިޔާލު ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގައި ވެސް އެ ގޮތަށް ކައުންސިލަރުން ތިބޭ ކަމަށެވެ.

ބައިވެރިވާ ކޮންމެ ޖަލްސާއަކަށް އެލަވަންސެއް ދޭ ގޮތަށް ބަދަލެއް ގެނެސްފި ނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް ވެސް ބަދަލެއް ނާންނަ ކަމަށާއި އޭރުން ބޮޑު ހަރަދެއް ސަލާމަތް ވާނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ވެސް ރައީސްވަނީ ދައުލަތުގެ ހަރަދުކުޑަކުރަން ކައުންސިލްތައް އެކުލެވިގެންވާ އޮނިގަނޑަށް ބަދަލު ގެންނަން ޚިޔާލުފުޅު ފާޅުކުރައްވައިފައެވެ. އެއިރު ރައީސްގެ ވިސްނުންފުޅަކީ ކައުންސިލަރުންގެ އަދަދު މަދުކުރުމެވެ.

އެއާއެކު އެމްޑީޕީ ހިމެނޭހެން ގިނަ ސިޔާސީ ޕާޓީތަކުގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވި އެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved