ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ތޭރަ އޮންލައިން
ހަބަރު, ސިޔާސީ
ޑރ. ޖަމީލުގެ ސުވާލެއް: މުއިއްޒަށް ބައްޔެއް ޖެހިފައި ހުރީތޯ؟
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޖެނުއަރީ 2025
މާލެ ސިޓީ

މުއިއްޒަށް ބައްޔެއް ޖެހިފައި ހުރީތޯ؟ އާއި ނުވަތަ ނުވަތަ الله ގެ ކޯފާއަށް ބިރެއް ނެތި އުޅޭ ފަހުގެ ރަންނަ މާރީއެއްތޯ؟ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ސުވާލުތަކެއް އުފައްދަވައިފި އެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމަށް އައުމަށް އަދި އެންމެ ފަހުން އޮތް މަޖިލީސް އިންތިހާބަށް ވީ ވައުދުތައް ނުފުއްދަވާ އަނެއްކާވެސް އައު ވައުދައް ވެވަޑައިގެން ރަށްރަށަށް ރައީސް ދަތުރުކުރައްވަމުން ގެންދަވާ ތީ އެކްސްގައި އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ރަންނަމާރީގެ ވާހަކައަކީ ރައްޔިތުންނަށް ޖެހުނު ބޮޑު ނުރައްކަލެއް ތަމްސީލުކޮށްދޭ ވާހަކައެއް ކަމަށާއި އެއަށްފަހު ވެރިން ބަދަލުވަމުން އައިސް. ރ. ޔާމީނުގެ ހުސް ގޮނޑި، މިނިވަން ކުރުން، އިންޑިއާ އައުޓް ވިއްކާ ބުހުތާނު އެތައް ދޮގެއް މުއިއްޒު ހެދި ކަމަށެވެ.

މިއަދު އަނެއްކާ ރަށްރަށަށް ވަޑައިގެން ހަމަ ރުލެއްވެސް އަރުވާ ނުލާ ބުހުތާނު ދޮގުތައް އަލުން ބަލުން ފެށީ. ކޮބައިތޯ ރިޔާސީ ވަޢުދު ފޮތް؟ ކޮބައިތޯ މަޖްލިސް ވައުދުތައް؟

- ޑރ. ޖަމީލު

މުއިއްޒަށް ބައްޔެއް ޖެހިފައި ހުރީތޯ؟ ނުވަތަ الله ގެ ކޯފާއަށް ބިރެއް ނެތި އުޅޭ ފަހުގެ ރަންނަ މާރީއެއްތޯ؟ ސުވާލުކުރައްވާ ޖަމީލު ވިދާޅުވީ ރައްޔިތުން ސަމާލުވެލައްވާ އަދި މިދޮގުތަކުގެ ނުރައްކަލުން ރައްކާތެރިކަމަށްއެދި اللهގެ ޙަޟްރަތަށް ދުޢާ ކުރައްވަން އެދޭ ކަމަށެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވިއިރު ޑރ. މުއިއްޒު ސަރުކާރަށް 13 މަސް ވެގެންދިޔައިރު ރައްޔިތުންނަށް ވީ ވައުދު ނުފުއްދަވާ ނިމުނު އަހަހރުގެ ބަޖެޓަށް ހެއްދެވި ގޮތަކީ ކޮބާތޯ ވިދާޅުވެ ގިނަބަޔަކު އަންނަނީ ސުވާލުކުރަމުން ނެވެ.

އަދި ރިޔާސީ އިންތިހާބާއު މަޖިލިސް އިންތިހާބަށް ރަށްރަށަށްވީ ވައުދު ނުފުއްދަވާ އަނެއްކާ ރަށްރަށަށް ވަޑައިގެން އައު ވައުދުވަމުން އަންނާތީ ގިނަބަޔަކު އަންނަނީ ރައީސް "ހަމަ" ތޯ ވެސް ސުވާލު ކުރައްވަމުންނެވެ.

މުއިއްޒު ހައްދަވަމުން ގެންދަވާ ދޮގުގެ ދުރުމިން ބަލާލާއިރު މުއިއްޒުގެ ވެރިކަމުގެ "ކަޅު ދިގު އެއް އަހަރު" ފެންނަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ރާއްޖެ މިސްރާބު ޖަހާފައިވާތަނެވެ. އަމިއްލަ އެދުމުން ފޯވެ ދައުލަތް އަމިއްލަ މިލްކަކަށް ހަދައިގެން އަނިޔާވެރި ޑިކްޓޭޓަރެއް ގައުމު ލޫޑުވާތަނެވެ. މިއަދު މުއިއްޒު ވެރިކަން ހިންގަވަން ގެންގުޅޭ "ސްޓްރެޓަޖީ" އަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ދޮގު ހެދުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved