މާލޭގެ މޭޔަރު އާދަމް އާޒިމް / މާލެ ސިޓީ ކައުންސިލް
ހަބަރު
ސަރުކާރު އިހްލާސްތެރި އެއް ނޫން، މިތިބީ ރައްޔިތުން ނިޔާވީމަ ވަޅުލާނެ ސަހަރާއެއް ނެތިފަ: އާޒިމް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
08 ޖެނުއަރީ 2025
މާލެ ސިޓީ

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު އިހްލާސްތެރި އެއް ނޫން ކަމަށާއި ސިޓީކައުންސިލަށް ދޭންވާ އެއްބާރުލުން ނުލިބޭތީ މިތިބީ ރައްޔިތުން ނިޔާވީމަ ވަޅުލާނެ ސަހަރާއެއް ނެތިފައި ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ޗެނަލްތޭރައިގެ "ނިއުސް ޓޯކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއާއި ބައްދަލުވި ދުވަހު ސިޓީ ކައުންސިލުން އެދުނު ހުރިހާ ކަމަކަށް ވެސް އާއެކޭ ބުނެފަ ވަޑައިގަތީ ކަމަށާއި އެއަށްފަހުން އަދި ހަބަރެއް ނުވާ ކަމަށެވެ.

ރައީސް އެދުވަހުވެސް ވިދާޅުވި ތިމަންނަމެން ހަވާލު ކުރަންވީމަ ހަވާލުކުރާނޭ، އިތުރަށް ބޭނުންވާ ކަންތައްތައް ތަކަކީ ކޮބާތޯ އެހުމުން އަޅުގަނޑު ރައީސް އަށް ދެންނެވިން އެޗްޑީސީ އިން އެތަން ހިންގުމަށްޓަކައި އަޅުގަނޑުމެންނަށް ބިމެންވެސް ނުދެޔޭ، އެދުވަހު ދެންނެވިން 50 ހާސް އަކަފޫޓޭ ފަހުން އެވަރު ކުޑަވެދާނެތީ 1 ލައްކަ އަކަފޫޓްގެ ބިމެއް މުނިސިޕަލްޓްސް އަށް އަޅުގަނޑުމެންނަށް ދޭށޭ، ވިދާޅުވީ އާދެ ހަމަޖައްސައިދެއްވާނަމޭ، އެކަމަކު އެޗްޑީސީ އިން ހިލާ އެކަމާ އެއްބަހެއް ނުވި، އެހެންވީމަ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ވިދާޅުވުމުން އެކަން ނުކުރާނީ ކޮންމެސް ސަބަބެއް އޮވެގެން. އިހުލާސްތެރިކަން ނެތީ ސަރުކާރުގެ އެކަން ކުރަން

- އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހަމަ އެދުވަހު މާލޭގެ ރައްޔިތުން ނިޔާވުމުން ވަޅުލާނެ ސަހަރާއެއްވެސް މިހާރު ނެތް ވާހަކަ ވެސް ދެންނެވިން ކަމަށާއި އަދި ކުރިއަށް އޮތް 6 މަސް ތެރޭ މާލެ އާސަހަރާފުރޭނެ ކަމަށް ވެސް ދެންނެވިން ކަމަށެވެ.

އަދި ގުޅިފަޅުންވެސް ސަހަރާ އެއް އެލޮކޭޓް ކޮށްފަ ބެހެއްޓުން މުހިއްމު ކަމަށާއި ހުޅުމާލޭ ފޭސް 2، ފޭސް 3 ކުން ވެސް ސަހަރާ އެލޮކޭޓް ކޮށްފަ ބެހެއްޓުން މުހިއްމު ކަމަށް ރައީސް އަށް ލަފާ ދެއްވިން ކަމަށެވެ. ނަމަވެސް ވެސް ދެއްވި ޖަވާބެއް މި ހާތަނަށް ނެތް ކަމަށެވެ.

އާޒިމް ވިދާޅުވީ ސިޓީ ކައުންސިލްގެ ކަންބޮޑުވުން އަލުން މިހހަފްތާގައި ރައީސް އަށް ސިޓީއަކުން ދަންނަވާނެ ކަމަށާއި ކޮންމެ ގޮތަކުން ވިޔަސް މާލޭގެ ރައްޔިތުން ނިޔާވީމަ ވަޅުލާނެ ސަހަރާއެއް ބޭނުންވާނެ ކަމަށެވެ.

އެޗްޑީސީގައި ބައެއް ފަހަރު ނުހުރެ މިކަހަލަ އެއްވެސް ވިސްނުމެއް، މުނިސިޕަލް ސާވިސް ދޭން ޖެހުމަކީ އެމީހުން ގަބޫލް ކުރާ ކަމެއް ނޫން، އެކަމަކީ މާލޭ ސިޓީ ކައުންސިލުން އަޅުގަނޑުމެންނަށް މަތިކޮށްފަ އޮތް ޒިންމާއެއް ރައްޔިތުންނަށް މިކަންތައްތައް ކޮށްދިނުން، ކޮށްދިނުމަށްޓަކައި ބޭނުންވާ ކަންތައްތަށް ކޮށްދިނުމަށް ކަންތައްތަށް މަގުފަހިކޮށްދެއްވުން މިއޮންނަނީ ރައީސް އަތްޕުޅުގައި ، އަޅުގަނޑު ގަބޫލްކުރަނީ ރައީސް ބޭނުންފުޅުއްޔާ މިކަންތަށް ވަރަށް ފަސޭހަކަމާ އެކީ ވެގެން ދާނެކަން

- އާޒިމް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މީހުން ހިނެވުމާއި ވަޅުލުމުގައި ދަތި ހުރިން އާޒިމް ފާހަގަކުރެއްވި އިރު މިދިޔަ ހަފުތާގައި ކުރި ގަދަ ވިއްސާރަ އަށް ފަހު ބިމު އަޑިން ފެންގަނޑު އަދިވެސް ނުހިނދޭތީ ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވެސް މިހާރު ވަނީ ވަގުތީ ގޮތުންމެދުކަނޑާލައިފަ އެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved