March 19, 2026
Advertisement
އޭސީސީ
އޭސީސީ / އޭސީސީ

ކައުންސިލްތަކުން ދޮގު ލިޔުން ދޫކުރި މައްސަލަ ބަލަން އޭސީސީން ނިންމައިފި

Aishath Naja
އައިޝަތު ނަޖާ
Feb 8, 2024, 05:09 AM
މާލެ ސިޓީ

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރި ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ދައްކަން ކައުންސިލުތަކުން ދޮގު ލިޔުން ދިން މައްސަލަ ބަލާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހާމަކޮށްފިއެވެ.

Advertisement

ފްލެޓް ލިސްޓުގެ ތަހުގީީގަށްފަހު އޭސީސީން ހާމަކުރި ގޮތުގައި ފްލެޓަށް ހުށަހެޅި ފަރާތްތަކުން މާލޭގައި 15 އަހަރު އުޅުނު ކަމަށް ކައުންސިލްތަކުން ވަނީ ދޮގު ލިޔުން ދޫކޮށްފައެވެ.

ފްލެޓްތަކުގެ ތަހުގީގާ ގުޅިގެން އާންމުންގެ މީހަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަންގެ މެމްބަރުން ހާޒިރުކުރި ބައްދަލުވުމުގައި އޭސީސީން ބުނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ހުށަހެޅި މައްސަލަ އާއި ކައުންސިލްތަކުން ދޮގު ލިޔުން ދޫކުރި މައްސަލަ ބަލާނެ ކަމަށެވެ.

ފްލެޓަށް ޝަރުތު ހަމަވަނީ މާލޭގައި އުޅޭތާ 15 އަހަރުވީ ދިވެހިންނަށެވެ. މީގެއިތުރުން ވަޒީފާ އަދާކުރި އޮފީސްތަކާއި ކުއްޔަށް ދިރިއުޅުނު ގެތަކުގެ ވެރިފަރާތުގެ ލިއުމަކާއި ރަށުގައި ދިރިނޫޅޭތާ 15 އަހަރުވެފައިވާ ކަމަށް ކައުންސިލުން ދޫކުރާ ލިއުމެއް ނުވަތަ މާލޭގައި ކިޔެވި ސްކޫލްތަކުން ލީވިން ސެޓްފިކެޓް ހުށަހެޅިޔަސް ޝަރުތު ހަމަވާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved