March 12, 2026
Advertisement
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު
ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު / ދަ އެޑިޝަން

އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްއަށް ފިޔަވަޅު އަޅައިފި

Mohamed Shahym
މުހައްމަދު ޝަހީމް
Jan 10, 2025, 02:04 AM
މާލެ ސިޓީ

އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ގްރޫޕްގެ ދަށުން އުމްރާގެ އަޅުކަމަށް ދަތުރުކުރި ފަރާތްތަކަށް އިހުމާލުވެފައިވާތީ އެ ގްރޫޕާއި ދެކޮޅަށް ވަރުގަދަ ފިޔަަވަޅުތަކެއް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އަޅައިފިއެވެ.

Advertisement

 މި ގްރޫޕްގެ ފަރާތުން 2024 ޑިސެމްބަރު އުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިންނަށް ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެނިހެން ބޭނުމަށް ބޭނުންކޮށްފައިވާ ކަމަށް އިއުތިރާފު ވެފައިވެ އެވެ.

 މިހެންކަމުން، އުމްރާވެރިން ރާއްޖެ ނާދެވިގެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. މިއާއިއެކު ހާލުގައި ޖެހިފައި ތިބި 23 އުމްރާވެރިން ވަނީ 09 ޖެނުއަރީ 2025 ވަނަ ދުވަހު މިނިސްޓްރީގެ އިރުޝާދުގެ ދަށުން ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

 މިގޮތުން، އަލްހިޖްރާ ގްރޫޕުން  ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި ހިލާފުވެފައިވާތީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވެއެވެ. އެގޮތުން;

  1. ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެ ވުޒާރާއިން، އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
  2. އެއްލައްކަ ދިވެހި ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރުން
  3. އެ ގްރޫޕް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަނުދިނުން
  4. އެ ގްރޫޕްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރި ހަރަދު އެ ކުންފިން ހޯދުން
  5. މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން.

އެ މިނިސްޓްރީން ވިދާޅުވީ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށް ޓަކައި މެ ވުޒާރާއިން އިދާރީ ގޮތުންނާއި ގާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved