February 19, 2026
Advertisement
ފަތުރުވެރިންތަކެއް މޫދުގައި ފީނަނީ
ފަތުރުވެރިންތަކެއް މޫދުގައި ފީނަނީ / ފޭސްބުކް

ލޯންޗެއްގެ ބުރަފަތިން ޖެހި ފަތުރުވެރިއަކު މަރުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 10, 2025, 07:01 PM
މާލެ ސިޓީ

ލަކްސް ސައުތު އަރި އެޓޯލް ރިސޯޓުގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއްގެ ގައިގައި ލޯންޗެއްގެ ބުރަފަތިން ޖެހި، އެ މީހާ މަރުވެއްޖެ އެވެ.

Advertisement

ފުލުހުން ބުނީ އެ މީހާއަކީ އދ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ މީހެއް ކަމަށެވެ.

އަދި މިއަދު ހެނދުނު 10:00 ހާއިރު އޭނާ ރެޑިސަން ބްލޫ ރިސޯޓް ކައިރި މޫދުގައި އުޅެނިކޮށް އައިކޮމް ގްރީން ނަމަކަށް ކިޔާ ލޯންޗްއަކުން ޖެހި މީހާ މަރުވެފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.



ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved