February 19, 2026
Advertisement
ވިއްސާރަ ދުވަހެއް
ވިއްސާރަ ދުވަހެއް / ސޯޝަލް މީޑިއާ

މީމު އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފި

Hussain Nawaf
ހުސައިން ނަވާފް
Jan 10, 2025, 09:32 PM

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މީމު އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހަމައަށް ހުދު ސަމާލު ނެރެފި އެވެ.

Advertisement

މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސަސް މެޓް އޮފީހުން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުުރު 13:00 އިން ފެށިގެން 19:00 އާއި ހަމައަށެވެ.

މީގެ އިތުރުން، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރާކަމަށްވެސް މެޓު އޮފީހުން ހާމަކުރި އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސް ދުވަސްވަރެއްކަމުން ރައްކާތެރި ފިޔަވަޅުތައް އެޅުމަށް ކަމާއި ބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved