
މިހާރުގެ ރައީސް މުހައްމަދު މުއިއްޒުއަށް ދެވަނައަށް އެއްމެ ގިނަ ވޯޓް ލިބުނު މަޑަވެއްޔަށް ޒިޔާރަތް ނުކުރީ ހުސްގޮނޑި ފަހަތުން ދުވާނެތީކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންފްގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު މުހައްމަދު ވަހީދު ވައްޑެ ވިދާޅުވެއްޖެ އެވެ.
ވަހީދު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގަ އެވެ.
އެގޮތުން މަޑަވެލީ ރައްޔިތުން ރައީސް މުއިއްޒަށް ވޯޓްދިނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުހައްގުން ދިން އަނިޔާއިން އެމަނިކުފާނު ސަލާމަތްކުރަންކަމަށާއި ރައީސް މުއިއްޒު އަމިއްލަޔަށް މަގާމުތަކަށް ލީބަޔަކު ވައްކަންކޮށް ދައުލަތުގެ މާލިއްޔާއިން ކައި ބޮއި ހަދާފަ އެމަނިކުފާނަށް ބިރު ދައްކާ، ތިމަންނާމެންވެސް ދައްކަން ލައްކަ ވާހަކަ އެބަހުއްޓޭ ބުނުމުން، އެކަމުގެ ރުޅި މަޑަވެލީ ރައްޔިތުންނަށް ބާލާ އަދަބުދޭކަށް މުއިއްޒަށް އެއްވެސް ހައްގެއް ނޯންނާނެކަމަށެވެ.
މަޑަވެލި ދާއިރާއަށް ކަމެއް ކޮއްދިނިއްޔާ ދެންވެސް ކޮށްދޭނީ ރައީސް ޔާމީންގެ ވެރިކަމެއްގަކަމަށް ވަހީދު ވިދާޅުވި އެވެ.
މަޑަވެލި މޭޒުމަތީ ރަށަކަށްވީ ރައީސް ޔާމީންގެ ވެރިކަމުގައި ކަމަށާއި މަޑަވެއްޔަކީ ހުސްގޮނޑިޔާއި މެޑަމް ފާތުގެ ރަށެއްކަމަށް ހާމަކުރެއްވި އެވެ.
އެގޮތުން މަޑަވެއްޔަށް ރައީސް މުއިއްޒު ނޭރީ ހުސްގޮނޑި ފަހަތުން ދުވާނެތީ ކަމަށާއި ދެން އެރިޔަސް ދުއްވާނެކަމަށް ވިދާޅުވި އެވެ.
ވަހީދު މިފަދައިން ވިދާޅުވެފައިވާ އިރު ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދުވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އަދި އެއީ މަޑަވެލި ރައްޔިތެއްކަން ފާހަގަކޮށްލެވެ އެވެ.










