ޝަހީމް ޕާކިސްތާނު ދަތުރުގެ ބައެއް ބައިވެރިން / އިސްލާމިކް މިނިސްޓްރީ
ހަބަރު
ރަސްމީ ދަތުރެއްގައި ޑރ. ޝަހީމް ޕާކިސްތާނަށް
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 ޖެނުއަރީ 2025
މާލެ ސިޓީ

މުސްލިމް ވޯލްޑް ލީގުގެ ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ޕާކިސްތާނަށް ވަޑައިގަންނަވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެން ދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ޝަހީމް ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޝަހީމް އަކީ މުސްލިމް ވޯލްޑު ލީގުގެ ސުޕްރީމް ކައުންސިލްގެ މެމްބަރެކެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved