April 13, 2026
Advertisement
-
- / އިސްލާމިކް މިނިސްޓްރީ

މުސްލިމް ވޯލްޑް ލީޑް ކޮންފަރެންސްގައި ޑރ ޝަހީމް ތަގުރީރު ކުރައްވައިފި

Mohamed Shahym
މުހައްމަދު ޝަހީމް
Jan 11, 2025, 04:33 AM
މާލެ ސިޓީ

މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ)ގެދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެންދަރީންނަށް ތައުލީމުދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ތަޤުރީރު ކުރައްވައިފިއެވެ.
ޕާކިސްތާނުގައި އޮތް މި ކޮންފަރެންސްގެ އިލްމުވެރިންގެ ސެޝަންގައި ވަޒީރު ޑރ.ޝަހީމް ވަނީ ތަޤުރީރު ކުރައްވާފައެވެ.

Advertisement

އިސްލާންދީނަކީ އަންހެނުންނާއި ފިރިހެނުންނަށް ޢިލްމު އުނގަންނައިދިން ދީން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ.

އިސްލާމް އާބާދުގައި ބާއްވަމުންގެންދާ މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނަކީ އިލްމުގެ ދީންކަމާއި އިންސާނީ ޙަޔާތުގެ އަސާސަކީ އިލްމުކަމެވެ. އިސްލާމްދީން އިލްމު އުނގަނައިދިނީ ހަމަ އެކަނި ފިރިހެނުންނަށް ނޫންކަމާއި އަންހެނުންނަކީ ވެސް އިލްމުވެރި ބަޔަކަށް ހެދީ އިސްލާމްދީން ކަމެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޢާއިޝަތުގެފާނަކީ އިލްމުވެެރި ނަމޫނާއެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އަދި ރަސޫލާގެ ޙަޔާތްޕުޅުގައި އަންހެނުންނަށް އިލްމު ދެއްވުމަށް ވަކި ވަގުތެއް، އިތުރު އެކަލޭގަފާނު ޚާއްޞަ ކުރެއްވިކަން ސާބިތުވާކަމެވެ.

ޑރ ޝަހީމް ވަނީ އިލްމު ފެތުރުމަށް ރާބިތާއިންނާއި ސައުދީއަރަބިއްޔާގެ ސަރުކާރުން ކުރައްވާ އިލްމުފެތުރުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޕާކިސްތާނާއި އިސްލާމީ އެންމެހައި ޤައުމުތަކުން އިލްމު ފެތުރުމަށް ކުރައްވާ މަސައްކަތް ޑރ ޝަހީމް ފާހަގަކުރެެއްވިއެވެ.

ޑރ ޝަހީމަކީ މުސްލިމު ވޯލްޑްލީގްގެ ސްޕްރީމް ކައުންސިލްގެ މެންބަރެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved