April 13, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ސަރުކާރުން ކުރާ ބޮޑެތި ވައްކަމުގައި ތިބީ މުއިއްޒުގެ އަރިސް މީހުން: ޑރ ޖަމީލް

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 11, 2025, 05:18 PM
މާލެ ސިޓީ

މި ސަރުކާރުން ކުރާ ބޮޑެތި ވައްކަމުގައި ތިބީ ރައީސް ޑރ. މުއިއްޒުގެ އަރިސް މީހުން ކަމަށްރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު މުޅިދިނިޔެ ސިއްސައިގެން މިދިޔައީ ކެލިފޯނިއާގެ ހިތާމަވެރި އަލިފާނުގެ ހާދިސާއިން ކަމަށާއި ދުނިޔެއަކީ ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މިގޮތަށް ބަދަލުވެދާނެ އެއްޗެއް ކަމަށެވެ.

އަދި ވިދާޅުވީ 2023 ގައި މުއިއްޒު ވެރިކަމަށް އައީ ވަރަށް ގިނަ ވައުދުތައް ވެ ރައީސް ޔާމީނުގެ ހުސްގޮނޑި ވިއްކައިގެން ކަމަށެވެ. ނަމަވެސް ވެރިކަމުގެ ލައްޒަތު ލިބުމާއިއެކު މުޅިވާހަކަ ބަދަލުވީ ކަމަށެވެ.

2024 ގެ 50 ބިލިއަން ބަޖެޓް ހުސްކޮށްލީ ރައްޔިތަކަށް އެއްވެސް ކަމެއްކޮށް ނުދީ. އެކަމަކު ބޮޑާވެ މުޅި ވާހަކަ ބަދަލުކޮށް ދޮގު ހަދަނީ. ސަރުކާރުން ބޮޑަތި ވައްކަންކުރުމުގައި ތިބީ މުއިއްޒުގެ އަރިސް މީހުން.

ޑރ. ޖަމީލު

ޑރ، ޖަމީލު އިތުރަށް ވިދާޅުވީ މިހުރިހާކަމެއް ކުރާއިރު، ވެސް ރައްޔިތަކަށް ގާނޫނަކަށް ފަރުވާލެެއް ނެތް ކަމަށާއި ބާރު އޮތުމުން ބޮޑާކަން ދައްކާ، މުނާފިގު ކަމާ ދޮގު މައްޗަށް ދޮހެދުން އިތުރު ވެއްޖެ ކަމަށެވެ.

އަދި ވިދާޅުވީ އެކަމަކު ދުނިޔެ ބަދަލުވާން ނަގަނީ ފަޅި ސިކުންތެއް ކަމަށާއި މުއިއްޒު ރައީސް ޔާމީނަށް ދޯކާ ދިނީ ބާރުގެ ވެރިފަރާތްކަމަށް ހީކޮށް ކަމަށެވެ.

ނަމަވެސް މިއަދު މުއިއްޒަކީ ކައްޒާބަށްވެ، ރައްޔިތުންގެ ނަފްރަތު އޮތީ ބަންޑުންވެފައި ކަމަށާއި އެއީވެސް ކޯފާއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved