February 26, 2026
Advertisement
ޤާނޫނީ ވަކީލު އަލީ ހުސެއިން -
ޤާނޫނީ ވަކީލު އަލީ ހުސެއިން - / މިހާރު

ދަނޑުވެެރިންނަށް ދިން އުންމީދެއް، ތަސައްލީއެއްގެ ވާހަކަ ރައީސް އަށް ވިދާޅެއް ނުވެވޭ: އަލީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 11, 2025, 05:52 PM

ދަނޑުވެެރިންނަށް ދެވުނު ވަކިހާއްސަ އުންމީދެއް ނުވަތަ ތަސައްލީއެއްގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ވިދާޅުނުވެވޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް ރައީސް މިފަހުން ކުރެއްވި ދަތުރުފުޅު ތެރެއިން ގއ. ނިލަންދޫގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ނެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ވަރަށް އަމިއްލައަށް ކާބޯތަކެތި އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެކަމުގައި އިންވެސްޓްކުރަން ވަރަށް ބޮޑަށް އިސްކަން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ދަނޑުވެރިކަމަށް ހާއްސަ މިނިސްޓްރީއެއް ވެސް އުފެއްދެވީ އެ ސަބަބުތަކާ ހެދި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސްގެ މި ވާހަތަކަށް ރައްދުދީ އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަނޑުވެރިކަމަށް އެހާ ބޮޑަށް އިސްކަމެެއް ދެއްވާކަމަށް ވިދާޅުވިއިރު އެ ސިނާއަތް ކުރިއަރުވަން މި ފާއިތުވި އަހަރު ސަރުކާރުން ކުރި ވަކި ހާއްސަ އެއްވެސް ކަމެއްގެ ވާހަކަ ވިދާޅެއް ނުވެވުނު ކަމަށެވެ.

ދަނޑުވެރިން ކުރިއަރުވަން ސރުކާރުން މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއިރު ދަނޑުވެރިކަން ކުރިއަރުވައި ދަނޑުވެރިންގެ އުފެއްދުުންތައް މާކެޓުކޮށް ވިއްކުމަށް އޮތް އެގްރޯނެޓު ކުންފުނީގެ މަސައްކަތްވެސް އޮތީ "ބަންދު ބޯޑު" ގައި އެވެ. އަދި އެގްރޯނެޓް އުވާލާ އެ ކުންފުނީގެ މަސައްކަތްތައް އެހެން ކުންފުންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved