ޑިމޮކްރެޓްސްގެ ބައެއް އިސްވެރިން / ސޯޝަލް މީޑިއާ
ސިޔާސީ
އާޒިމާއި ޝިފާޒް އަދި އަމްރު އެމްޑީޕީ އަށް ސޮއިކޮށްފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ޖެނުއަރީ 2025
މާލެ ސިޓީ

އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ނަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަލީ އާޒިމާއި މުހައްމަދު ޝިފާޒް އަދި އަމްރު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމުގެ ނަމުގައި އިސްކޮށް އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ 2023 ގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުގައި ވާދަކުރެއްވި، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ

މިކަމާ ގުޅޭ ގޮތުން އެބޭފުޅުންގެ ބަހެއް ނުލިބެ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން އެމްޑީޕީއަށް ސޮއިކުރިކަން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ވަނީ އެކަން "ތޭރަ އޮންލައިން" އަށް ކަށަވަރުކޮށްދީފަ އެވެ.

ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އެ ޕާޓީ ދޫކޮށްލައްވައި އުފެއްދެވި ޕާޓީއެކެވެ. އެއީ ރައީސް އިބޫގެ ފެކްޝަނަކާއި ކުރީގެ ރައީސް އަދި އޭރު މަޖިލީހުގެ ރައީސަކަށް ހުންނެވި މުހައްމަދު ނަޝީދަށް ވަފާތެރި ފެކްޝަނެކެވެ.

އެމްޑީގައި އިސްކޮށް އުޅުއްވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެންނެވި ބައެއް ބޭފުޅުން އަލުން އެ ޕާޓީއާ ގުުޅިވަޑައިގެންނެވި އިރު، އެމްޑީޕީން ވަނީ 'ގާނޫނުއަސާސީގެ ދިފާއުގައި'ގެ ނަމުގައި މި މަހު 31 ވަނަ ދުވަހު މަގުމަތީ ހަރަކާތެއް ބޭއްވުމަށް ނިންމައިފަ އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved