March 20, 2026
Advertisement
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި
އިސްމާއިލް ހަބީބު އިލެކްޝަންސް ކޮމިޝަނުގެ ޕްރެސްއެއްގައި / އެޑިޝަން.އެމްވީ

މަޖިލީސްގެ އިންތިހާބު ރޯދައިގެ ފަހަށް ބާއްވާނަމަ، ރީރަޖިސްޓްރޭޝަނަށް އިތުުރު ފުރުސަތެއް

Aishath Naja
އައިޝަތު ނަޖާ
Feb 8, 2024, 05:13 PM
މާލެ ސިޓީ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީރަޖިސްޓަރީ ކުރުމަށް އިތުުރު ފުރުސަތެއް ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

Advertisement

މަޖިލީސް އިންތިހާބު މިއަހަރުގެ ރޯދަމަސް ނިމިގެން 10 ދުވަސް ފަހުން ބޭއްވުމަށް އެ މައްސަލަ ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ސަބަބާހުރެ، މަޖިލީހުން މި މައްސަަލަ ފާސްވެ، އިންތިހާބު ރޯދައިގެ ފަހަށް ބާއްވަން މުޅި މަޖިލީހުން ފަސްވާނެ ކަަމަށް ގިނަ ފަރާތްތަކުން ބުނެއެވެ.

އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، މަޖިލީހުގެ އިންތިހާބުގައި، ރީރަޖިސްޓަރީ ކުރަން އެ ކޮމިޝަނުން ދިން ހަތް ދުވަހުގެ މުއްދަތުގެ ތެރޭގައި ރީރަޖިސްޓަރީ ކުރުމަށް 13،378 މީހުން ހުށަހަޅާފައިވާ ކަމަށެވެ.

އަދި އޭގެތެރެއިން 11،919 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާއިރު، 1،459 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައިވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާގައި ކަމަށެެވެ.‏

މަޖިލީސް އިންތިހާބު މިހާރު ބާއްވާނެ ކަމަަށް ކަނޑައަޅާފައި ވަނީ މާރިޗް 17 ގައެވެ.

މި އިންތިހާބުގައި މަޖިލިހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved