މިއަދުވެސް މޫސުން ގޯސް / ސޯޝަލް މީޑިއާ
ހަބަރު
ގުގުރުމާއެކު ވިއްސާރަކުރާނެ، ވައިގަދަވެ އުދަވެސް އަރާފާނެ: މެޓު އޮފީސް
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2025
މާލެ ސިޓީ

ގުގުރުމާއެކު ވިއްސާރަކުރާނެ، ވައިގަދަވެ އުދަވެސް އަރާފާނެ މޫސުމާ ބެހެ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މިއަދުގެ ކުރިއަށް ހުރި ގަޑިތަކަށް މޫސުން ލަފާކޮށް މެޓްއިން ހާމަކުރި ގޮތުގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާ، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެން ވާކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ކަނޑު އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކުރެއެވެ. ހަމައެއާއެކު ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ވެސް ލަފާކޮށްފައިވެެއެވެ.

މެޓްއިން ހާމަކޮށްފައިވާ ގޮތުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވެއެވެ.

މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާއިރު، މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ ހޮނޮހިރު ދުވަހުން ފެށިގެން ކަމަށް ކުރިން މޭޓުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved