ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު އިސްތިއުފާ ދެއްވިކަން ހާމަވެއްޖެއެވެ.
އެގޮތުން ޑިމޮކްރަޓްްސްގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން ރާއްޖެ އެމްވީ އަށް ކަށަވަރުކޮށްދެއްވައި ޙަސަން ލަޠީފް ވިދާޅުވީ އެ ޕާޓީގެ ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އެއީ މިވަގުތަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނިވަޑައިގަންނަވާތީކަމަށެވެ.
މަގާމުން ހަސަން ލަތީފު އިސްތިއުފާދެއްވާފައިވާ އިރު ޑިމޮކްރެޓްސް އުފެއްދުމަށް އިސްކޮށް އުޅުއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު އާއި ކުރީގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި މުހައްމަދު ޝިފާޒު އަދި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް ވަނީ އަލުން ޑިމޮކްރެޓްސް އާއި ވަކިވެ އަލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ އެމްޑީޕީ އާއި ގުޅި ވަޑައިގެންފައިކަން ފާހަގަ ކޮށްލެވެ އެވެ.
އެހެންކަމުން ހަސަން ލަތީފުވެސް އެމްޑީޕީ އާއި ގުޅިވަޑައިނަވާނެކަމުގެ އަޑުތައްދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންނެވެ.