March 2, 2026
Advertisement
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު
ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު / ތޭރަ އޮންލައިން

އައްޑޫ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފުރިހަމައަށް ނުލިބިގެން އުޅޭ ސަބަބަކީ ސަރުކާރުގެ އެފަދަ ސިޔާސަތެއް ނެތުމުން: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jan 14, 2025, 08:52 PM
އައްޑޫ ސިޓީ

އައްޑޫ ސިޓީއަށް ކަރަންޓުގު ހިދުމަތް ފުރިހަމައަށް ނުލިބިގެން އުޅޭ ސަބަބަކީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އެފަދަ ސިޔާސަތެއް ނެތީމަކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

މިއަދު ދާއިރާތަކަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ކަންކަން ކުރަން ބޭނުންފުޅުވި ނަމަވެސް އެކަންކަން މިހާރު ނުކުރެވޭނެކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. އަދި އެ ވާހަކަތައް މާ ގަދަޔަށް ދައްކާނަމަ ފެންނާނީ ޕާޓީން ކަނޑާލުމަށްފަހު ގޮނޑި ގެއްލުވާލާ މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒުދަނީ މަޖިލިސް މެމްބަރުން ގަން ހިންގަމުންކަމަށް ވިދާޅުވެ މަލީހުވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާ އިރު މެމްބަރު އަޒާންވަނީ އައްޑޫއަށް ނިސްބަތްވާ މެމްބަރުންނާއި އެކު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމެއްގެ ތެރެއިން ނަގައިފައިވާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި އައްޑޫއަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލުކުރުމަށް ކޮންމެ މަސައްކަތެއްވެސް ކުރަންތިބީ ތައްޔާރަށްކަމަށްވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން ދެ އަހަރު ބޭނުންވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މީގެން ކުރިން ހާމަކޮށްފައިވެއެވެ. އަދި މައްސަލަ ދިމާވީ އައްޑޫގައި ބަހައްޓައިގެން ކަރަންޓުގެ ހިދުމަތް ދެމުންދިޔަ ޖަނަރޭޓަރުތައް ރަނގަޅަށް ނުބެލެހެއްޓުމުން ސަބަބުން އެ ޖަނަރޭޓަރުތަކުގެ ހާލަތު ދަށަށް ގޮސްގެންކަމަށްވެސް ފެނަކައިން ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved