މޯލްޑިވްސް ޕޮލިސް ސާރވިސް / އެޑިޝަން.އެމްވީ
ހަބަރު
ރަހީނުކޮށް ފޭރުނު މައްސަލައިގައި ދެމީހަކު ހައްޔަރަށް
Aishath Naja
އައިޝަތު ނަޖާ
08 ފެބްރުއަރީ 2024
މާލެ ސިޓީ

މީހަކު ރަހީނުކޮށް ފޭރުނު މައްސަލައެއްގައި ދެމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 35 އަހަރުގެ މީހަކާއި، 45 އަހަރުގެ މީހެކެވެ.

މި ދެމީހުންގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި ދެ މީހުންގެ މައްޗަށްވެސް ކޮށްފައިވަނީ ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ފޭރުމުގެ ތުހުމަތުކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މިމައްސަލައިގައި ނެރުނު ކޯޓު އަމުރުގައިވާ ގޮތުން އެދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ކުރިކަމަށް ބެލެވޭ ހެކި ފުލުހުން ވަނީ ހުށަހަޅައިފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved