April 22, 2026
Advertisement
ވައްކަމުގެ މައްސަލަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާ: ----
ވައްކަމުގެ މައްސަލަގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާ: ---- / ޕޮލިސް

ޓްރާންސްފޯމަރަކުން ވައްކަންކުރި މީހާގެ ވަނަވަރު އާންމުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 15, 2025, 03:56 PM
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރީތިގަސްމަގު ބްރިޖް ކައިރީ ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން މީހަކު ވައްކަން ކުރަނިކޮށް، އެތަނަށް ދިޔަ ސްޓެލްކޯގެ މުވައްޒަފަކު އެކަން ހުއްޓުވަން އުޅުމުން އެ މުވައްޒަފަށް ހަމަލާދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރީތިގަސްމަގު ބްރިޖް ކައިރީ ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކަށް ގެއްލުންދީ ވައްކަން ކުރަން އުޅެނިކޮށް ސްޓެލްކޯގެ މުވައްޒަފުންތަކެއް ގޮސްއިން ހިފެހެއްޓީ ރޭގެ ވަގުތެއްގަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ށ. ބިލެއްފަހި ޗަބޭލީގެ އިބްރާހީމް ޛާލިފް (37އ) އެވެ.

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ 21:43 ހާއިރުކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved