އެމްޑީޕީ އޭ ޕީއެންއެފް ކިޔާ ހަޅޭނުލަވާ އެޗްޑީސީ ތެރެއިން ފަޒުލްއާ ބައިވެގެން ކުރި ވަައްކަންތަކުން ސަލާމަތްވޭތޯ މަސައްކަތްކުރުމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހްމަދު، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއަށް ގޮވާލައްވައިފިއެވެ.
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުގެ ވަގު ފޯމެއް ހުށަހެޅުމަށްފަހު ޕީއެންސީއަށް ވެއްދި މައްސަލައެއް ފެންމަތިވުމާއި ގުޅިގެން މެމްބަރު ޝުޖާއުވަނީ އެއީ އެމްޑީޕީ އާއި ޕީއެންއެފުން ރާވައިގެން ކުރާކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އެކަމަށް ރައްދުދެއްވާ ޑރ. ޖަމީލު އެކްސް ޕޯސްޓެއްގައެއި ވިދާޅުވީ މެމްބަރު ޝުޖާއުއަށް ރަނގަޅަށް ދިވެހިން ލިޔެފައި އޮންނަ އެއްޗެއް ކިޔަން ނޭނގޭ ޙާލު، އެތަކެއް ވައްކަމެއްގެ ތުހުމަތު އެބައޮތްކަމަށެވެ. އަދި ބޮޑަތި މުރައްކަބު ޖާހިލުން މަޖިލީހަށް ނުހޮވަންވީ ސަބަބާބު މިހާރު ހާމަވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މިހެންވެ ބޮޑަތި މުރައްކަބު ޖާހިލުން މިފަދަ ތަންތަނަށް ނުގެންނަންވީ!
— Mohamed Jameel Ahmed (@MJameelAhmed) January 14, 2025
ރަނގަޅަށް ދިވެހިން ލިޔެފައި އޮންނަ އެއްޗެއްވެސް ކިޔަން ނޭނގޭ ޙާލު، އެތަކެއް ވައްކަމެއްގެ ތުހުމަތު އެބައޮތް!
ވަގުފޯމްތަކަށްވީގޮތް ކިޔާދޭން ތިޔަ ސްޓައިލް ވަރަށް ބާވެއްޖެ! MDP އޭ PNF ކިޔާ ހަޅޭނުލަވާ HDC ގެ… https://t.co/PeZzI167JO
ޑރ ޖަމީލު ވިދާޅުވީ ވަގުފޯމްތަކަށްވީގޮތް ކިޔާދޭން ޫޖާއު ގެންގުޅުއްވާ ސްޓައިލް ވަރަށް ބާވެއްޖެކަމަށެވެ.