ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން / ފޭސްބުކް
ސިޔާސީ
މި ސަރުކާރުގެ ކިއްސަރު އޮންނާނީ އަބްދުއްރަހީމު ކިއްސަރު ކުރެއްވި ގޮތަކަށް: އަލީ ހުސެއިން
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖެނުއަރީ 2025
މާލެ ސިޓީ

ޕީއެންސީގެ ސަރުކާރުގެ ކިއްސަރު އޮންނާނީ އިންތިގާލީ މަރުހަލާގައި ޑިރެކްޓަރަށް އައްޔަންކުރެއްވި އަބްދުއްރަހީމު އަބްދުﷲ ކިއްސަރު ކުރި ގޮތަކަށް ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެއެވެ.

އަލީ މިފަދައިން ވިދާޅުވީ، ސިޔާސީ މަސްރަހަށް ނަޒަރު ހިންގާލާ "ޗެނަލް13" އިން ގެެނސްދޭ "ނިއުސް ޓޯކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އަލި ވިދާޅުވީ، މި ސަރުކާރުގެ ހަގީގަތުގައި އޮއްްޓަރެއް ނެތް ކަމަށާ އޭގެ އަސްލަކީ ސަރުކާރުގެ ބިންގާ އެޅުނު ގޮތް ކަމަށެވެ.

އެގޮތުން އިންތިގާލީ މަރުހަލާގައި ސަރުކާރު އެކުލަވާލުމަށް ހިންގި އޮފީހުގެ ޑިރެކްޓާރ ޖެނެރަލްއަކަށް އަބްދުއްރަހީމު އައްޔަން ކުރައްވާ ރައީސް މުހައްމަދު މުއިއްޒު އެޅުއްވީ ޅަ އެއްޗެއް ކަމަށާ ނަމަވެސް މިއަދު މި ސަރުކާރުގެ ކަންކަން ބައްޓަން ވެގެންދާނީ އެ ދުވަހު އަބްދުއްރަހީމު ސަރުކާރުގެ ކަންކަމަށް އިސްކޮށް ކިއްސަރު ކުރި ކަންކަމުގެ ތަރުތީބުން އެ މަގުން ކަމަށެވެ.

އެހެންކަމުން ކޮރަޕްޝަންގެ ކަންކަން ކުރިއަށް މިހާރު ސަރުކާރުގެ ތެރެއިން މެކުހަސް ޖަހާފައިވާވުމަށް ވެސް އަލީ ނަޒަރު ހިންގަވާލެއްވިއެވެ.

މި ސަރުކާރު ދަނީ ހަގީގަތުަގއިވެސް ވާނުވާގައި. އެއް ދުވަހަކު މީހަކު އައްޔަންކުރައްވާނެ އަނެއް ދުވަހު ވަކިކުރައްވާނެ. ގޯތި ދިނުމުގެ މައްސަލައިގައިވެސް ކޮރަޕްޝަން ހުއްޓުވުމުގެ ނަމުގައި އެހެން ނަމަވެސް ނޭނގޭ ކަމަށް ހައްދަވައިގެން ހުންނަވަނީ. އަނެއްކާ ހިނގާނީކޮންކަމެއްކަންވެސް އެނގިވަޑައިގަންނަވާނެ. ސީދާ ލައިވް ޓީވީގައި އެވަރަށް އިތުރުފުޅު ހައްދަވަން ކެރިވަޑައިގަންނަވާ ބޭފުޅަކު ކޮށްފައި ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ.ހީނާ ޓީވީ އާ ގުޅޭ ގޮތުންވެސް މޫނަށް ރުލެއްވެސް ނާރުއްވާ ހެއްދެވީ ބޮޑު އިތުރުފުޅެއް ނޫންތޯ. މއީ ތަސައްވުރު ކުރަން ޖެހޭ ކަމެއް. އަދި އެބައޮތް ތަސައްވުރު ކުރަން ޖެހޭ އެހެން ކަމެއް. ޕީއެންސީގެ ކެންޑިޑޭޓު ރިޔާސީ އިންތިހާބުން ހޮވުނީމަ ޕީއެންސީގެ ސަރުކާރު އެކުލަވާލަން އިންތިގާލީ މަރުހަލާގެ ޑިރެކްޓަރަކަށް އައްޔަންކުރެއްވީ ކާކުތޯ؟ އަބްދުއްރަހީމު ދެއްތޯ. އެހެންވީމަ މި ސަރުކާރުގެ ކިއްސަރު އޮންނާނީ އަބްދުއްރަހީމު ކިއްސަރު ކުރެއްވި ގޮތަކަށް. އެހެންކަމުން އަޅުގަޑު ގަބޫލުކުރާ ގޮތުގައި މުއއިްޒަށް މި ސަރުކާރު ހިންގަވާކަށް ނޭނގޭނެ ެއީ، އަބްދުއްރަހީމު ކިއްސަރު އެޅުއްވި ގޮތެއް މުއިއްޒަކަށް އެނގިވަޑައިނުގަންނަވާނެތީ.

- އަލީ ހުސެއިން

އަލީ އިތުރަށް ވިދާޅުވީ، މި ދައުލަތުގެ ކަންކަން ހިނގަމުން ދަނީ 21 ވަނަ ގަރުނުގައި ހިނގަން ޖެހޭ އުސޫލުން ނޫން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved