March 28, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަގްރެފިކްސް

ހައްގުތައް ކަށަވަރުކޮށްދިނުމަށް ދީނުގައި ހަރާމް ކަންކަން ހިމަނަން ނޯވޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 16, 2025, 06:43 PM
މާލެ ސިޓީ

"ސިވިލް ރައިޓްސް"، ނުވަތަ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭއިރު އެބަޔަކު ތަބާވާ ދީނަކާ ޚިލާފުކަންކަން އެ ގައުމެއްގައި ކަށަވަރުކޮށްދޭން ނޯންނަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ސަމޯއާ އެގްރިމަންޓާ ގުޅޭގޮތުން އޯދިއެންސްގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ދަޅު މަސް ކޮޅަކުން ޖީއެސްޓީ ކަނޑުވަން ދީން ގުރުބާންކުރަން މި ސަރުކާރުން ފޫގަޅާފައިވާ ކަމަށާ ނަމަވެސް އެއީ ދެރަވަރުކަމެއް ކަމަށެވެ.

ދެން ސަރުކާރުން ދައްކާ ވާހަަކައަކީ އިންސާނީ ހައްގުތަކެއް ރައްކާތެރިކޮށްދޭ ވާހަކަ ނަމަވެސް، އދ ގެ ޔުނައިޓެޑް ނޭޝަންސް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ ސިގިނެޓަރީ ޕާޓިއަަކަށް ރާއްޖެވީ ނަމަވެސް ޔޫއެންގައި އިސްލާމީ މައިގަނޑު އުސޫލުތަކާ ޚިލާފު އެއްވެސް ކަމެއް އިސްލާމީ ދައުލަތަކަށް އޭގެ ޒާތުގައި ބަލައިގަންނަން މަޖްބޫރުކުރާ އެއްވެސް ހާލަތެއް ނޯންނަ ކަމަށެވެ. އަދި ސިވިލިއަން ޕޮލިޓިކަލް ރައިޓްސްގެ ތެރޭގައިވެސް އެލްޖީބީޓީ ނިހިމެނޭ ކަމަށާ ސިޔާސީ އަދި މަދަނީ ހައްގުތައް ހޯދުމަށް ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައް ނުހިމެނޭ ކަމަށެވެ.

ސިވިލިއަން ޕޮލިޓިކަލް ރައިޓްސްގެ ތެރޭގައިވެސް އެލްޖީބީޓީ ނިހިމެނޭ. ސިޔާސީ އަދި މަދަނީ ހައްގުތައް ހޯދުމަށް ދީނުގައި ހަރާމްކުރައްވާފައިވާ ކަންތައް ނުހިމެނޭ. މި މީހުން ސަމޯއާ އެގރިމަންޓުގައި ސޮއިކޮށްގެން ތިބެ މި ދަމަނީ މާ ދުރަށް އިނގޭތޯ

ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ސަމޯއާ އެގްރިމަންޓަށް އެއްބަސްވުމަށް އާ ބަސްބުނަން ދިވެހި ސަރުކާރުން ރިފަރ ކުރަނީ ޔޫއެންގެ ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް ކަމަށްވާނަމަ އެއީ، ސަރުކާރުން ދައްކާ ވަރަށް ބަލި ހުއްޖަތެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved