June 9, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒަކީ ޖޯކަރެއް: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jan 16, 2025, 10:41 PM

ރައީސް މުހައްމަދު މުއިއްޒަކީ ބޮޑު ޖޯކަރެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްއެގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެއިފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައިއެވެ.

އެގޮތުން މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްއަކީ ރައީސް މުއިއްޒުތޯ މަލީހުވަނީ އައްސަވާފައެވެ. އަދި ރައީސް އަމިއްލަފުޅަށް އީސީއަށް މެމްބަރުން އައްޔަންކުރުމުގެ ޒިންމާ ނަންގަވާ އެކަން ނުކުރެވިގެން އުޅުއްވަނީ ސްނޯ ބަލައި ނުނިމޭތީތޯ މަލީހުވަނީ ސުވާލު އުފައްދަވާފައިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންނެވެ. އަދި އެ ދަތުރުފުޅުގައި ހޯމްލޭންޑް މިނިސްޓްރީގެ މިނިސްޓަރު އަލީ އިހުސާން، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލުގެ އިތުރުން ސަރުކާރުގެ ބޮޑު ވަފުދެއް ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved