March 19, 2026
Advertisement
ޕީއެންސީއިން ބޭއްވި ހިނގާލުމެއްގެ ތެރެއިން
ޕީއެންސީއިން ބޭއްވި ހިނގާލުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ

ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލަ އޭސީސީއަށާ ފުލުހަށް ހުށަހަޅައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Jan 17, 2025, 01:02 AM
މާލެ ސިޓީ

ވެރިކަން ކުރާ ޕާޓީ ކަމަށްވާ ޕީއެންސީއަށް ވަގަށް މީހުން ވެއްދި މައްސަލަ އޭސީސީއަށާ ފުލުހަށް ހުށަހަޅައިފިއެވެ.

Advertisement

އެ ދެ މުއައްސަސާއަށް އެ މައްސަލަ ވެއްދީ އިދިކޮޅު އެމްޑީޕީއިންނެވެ.

އެމްޑީޕީއިން ފުލުހުންނަށާ އޭސީސީއަށް ހުށަހެޅި މައްސަލައިގައި ވަނީ ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދި މައްސަލާގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގު ކުރުމަށް ހުށަހަޅާފައެވެ.

ހަމައެހެންމެ މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެދިފައިވާ ކަމަށްވެސް އެ ޕާޓީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved