April 18, 2026
Advertisement
މާލޭގެ މޭޔަރ އާދަމް އާޒިމް
މާލޭގެ މޭޔަރ އާދަމް އާޒިމް / ތޭރަ އޮންލައިން

މި ސަރުކާރުގައި ރައްޔިތުން ޖެހެނީ ކޮންމެ ދުވަހަކު ހޭލާފައި ވަގަށް ނެގީ ކޯއްޗެއްތޯ ބަލަން: އާޒިމް

Mariyam Isaadha
މަރިޔަމް އިސާދާ
Jan 18, 2025, 12:45 AM
މާލެ ސިޓީ

މިސަރުކާރުން ރައްޔިތުންނާއި ގުޅުންހުރި ގިނަ ކަންކަމުން ވައްކަންކޮށްފައިވާ ކަމަށާ އެހެންކަމުން އެ ރައްޔިތުން ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ވަގަށްނެގީ ކޮންއެއްޗެއްތޯ ބަލަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

އާޒިމް މިފަދައިން ވިދާޅުވީ ޕީޓްރަލް ޕާކް ސަރަހައްދުގައި އެމްޑީޕީއިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވަނީ ރައްޔިތުންނަށް ނިމިދިޔަ ސަރުކާރުގައި ދިން ގޯއްޗާ ފްލެޓުވެސް މި ސަރުކާރުން ނުދީ ހިފަހައްޓާތީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން އާޒިމް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހައްގުވާ ގޯއްޗާއި ފްލެޓް ނުހައްގުން ބަހާތަން ބަލަން ދެންނުތިބޭނެ ކަމަށާ ރައީސް މުހައްމަދު މުއިއްޒަކީ އިޚްލާސްތެރި، ކުލުނެއް ހުންނެވި ވެރިއެއް ނަމަ އެ ފްލެޓާ ގޯތިތައް ނުދީ ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށެވެ.

ދޮޅު އަހަރުވީއިރު ރައްޔިތަކަށް ލިބުނު އެއްޗެއް ނެތް. ނަމަވެސް ދުވާލަކު 150 މިލިއަން ރުފިޔާ އެ ރައްޔިތުން ސަރުކާރަށް އެބަ ހަވާލުކުރޭ. އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ލިޔުން ދިނީވެސް އެކަމުން ވައްކަން ކޮށްފާނެތީ. މާލޭ ރައްޔިތުންނަށް ހައްގުވާ ފްލެޓްތަކާއި ގޯތިތައް ހަވާލުކޮށް ނިންމަން މިސަރުކާރަށް ގޮވާލަން. ހިތެއްއޮތް މީހެއްނަމަ މާލޭ ރައްޔިތުންނަށް ހައްގުވާ ފްލެޓާއި ގޯތިތައް ހިފަހައްޓައިގެން ނުހުންނަވާނެ.

މާލޭގެ މޭޔަރ އާޒިމް

އާޒިމް ވިދާޅުވީ ކަންކަމުގައި ބައިސާ ކަނޑައިގެން ވެރިކަން ކުރެވެންނާ ރައީސް މުއިއްޒަށާ މި ސަރުކާރަށް ވެރިކަން ކުރެވޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved