April 17, 2026
Advertisement
ސޮނޭވާގައި މަސައްކަތް ކުރާ ސްޓާފުން
ސޮނޭވާގައި މަސައްކަތް ކުރާ ސްޓާފުން / ހޮޓެލިއަރ މޯލްޑިވްސް

ބައެއް ރިސޯޓުތަކުން ރުފިޔާއިން މުސާރަ ދޭތީ އެކަން ޓީމުން ކުށްވެރިކޮށްފި

Hussain Nawaf
ހުސައިން ނަވާފް
Jan 18, 2025, 11:24 PM

ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ވަކި އަދަދަކަށް ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގޮތަށް ގާނޫނަށް ގެނައި ބަަދަލާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް މުސާރަ އާއި ސާވިސް ޗާޖު ރުފިޔާއިން ދޭކަމަށް ބުނެ ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އެކަން ކުށްވެރިކޮށްފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ޓީމުން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން މުސާރަ އާއި ސާވިސް ޗާޖު ރުފިޔާއިން ދިނުމުން އާމްދަނީން 3،000 ރުފިޔާ ނުވަތަ 5،000 ރުފިޔާ ދަށްވާކަމާއި ތަކެތީގެ އަގާއި ދިރިއުޅުމުގެ އަގު ދުވަހެއް ދުވަހަކަށްދަނީ އުފުލެމުންކަން ފާހަގަކޮށް އެއީ ތަހައްމަލު ކުރެވޭނެ ކަމެއް ނޫންކަމަށް ޓީމުން އެ ބަޔާނުގައި ބުނިއެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ދިވެހިން އިތުރުކުރަން ގޮވާލާ، މުވައްޒަފުން ރުފިޔާއިން މުސާރަ އާއި ސާވިސް ޗާޖު ނުނަގަންވެސް ޓީމުން އެދެއެވެ. މީގެ އިތުރުން ވަޒީފާގެ އެއްބަސްވުން ބަދަލުނުކުރުމަށާއި ރުފިޔާއިން މުސާރަ އާއި ސާވިސް ޗާޖް ދިނުން ހުއްޓުވަން ސަރުކާރަށްވެސް އެ ބަޔާނުގައިވަނީ ގޮވާލާފައެވެ.

ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރާއްޖޭގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހެ އެވެ. ނޫން ނަމަ އާމްދަނީގެ %20 މާރުކުރުމުގެ އިހްތިޔާރު ރިސޯޓްތަކަށް ވަނީ ދީފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved