March 10, 2026
Advertisement
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ، މުޢާޒް މުހައްމަދު ރަޝީދު / ސޯޝަލް މީޑިއާ

ފެނަކަ މުވައްޒަފުންނަށް އިނާޔަތްތައް ނުދޭ ކަމަށް ބުނާ ބުނުން ދޮގުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 9, 2024, 12:43 AM
މާލެ ސިޓީ

އަމިއްލަ ރަށް ނޫން އެހެން ރަށް ރަށަށް ޕްރޮޖްެކޮޓު ތަކުގައި ގޮސްތިބޭ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ލިބެން ޖެހޭ އިނާޔަތްތައް ނުލިބޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދު ދޮގުކޮށްފިއެވެ.

Advertisement

ފެނަކަ މުވައްޒަފުންތަކެއް ނަން ހާމަނުކުރުމަށް އެދި ޗެނަލް 13 އަށް މައުލޫމާތު ދީފައިވާ ގޮތުން، ދިރިއުޅޭ ރަށް ނޫން އެހެން ރަށަކަށް ފޮނުވާފައި ތިބޭ އިރު ކެއުމާއި ހުރުމަށް މީގެ ކުރިން އެލޮވަންސެއްދެއެވެ. ނަމަވެސް މިހާރު އެ ހަރަދު ކުރަންޖެހެނީ އަމިއްލަ ޖީބުން ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެ އިތުރުން އެމީހުން ބުނީ، އިތުރު ގަޑިއަށް ދޭން ޖެހޭ ލާރިވެސް ނުދޭތާމިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަަމަށެވެ.

މިކަމާއި ގުޅިގެން ޗެނަލް 13 އިން ފެނަކަ އެމްޑީ، މުއާޒަށް ސުވާލުކުރުމުން އޭނާ ވަނީ އެ ހަބަރުތައް ދޮގުކޮށްފައެވެ.

އެގޮތުން އޭނާ ވިދާޅުވީ، ދޭން ޖެހޭ ފައިސާއެއް ދީފައިވާނެކަމަށެވެ. އަދި ރަށުން ބޭރުގަިއ މަސައްކަތް ކުރާމ މުވައްޒަފުންނަށް ކުރީ ސަރުކާރުން ދިން އައުޓްސްޓޭޝަން އެލަވަންސް އެކަނި ނުދޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އައުޓްސްޓޭޝަން އެލަވަންސް ނުދެން ނިންމި ސަބަބު ހާމަކުރަމުން މުއާޒް ވިދާޅުވީ، އަމިއްލަ ރަށުގައި މަސައްކަތް ކުރަން ބަޔަކު ތިއްބާ އެހެން ރަށެއްގެ މުވައްޒަފުންތަކެއް ބޮޑު މުސާރަ ދީގެން ގެނައުމަކީ ގަބޫލުކުރާ ކަމަެއް ނޫން ކަމަށެވެ. އަދި މިހާރު އެހެން ރަށްރަށުގައި ތިބި މުވައްޒަފުން އަމިއްލަ ރަށަށް އަނބުރާ ފޮނުވުމުގެ މަސައްކަތް ވެސް ފައްޓަވާފައިވާކަމަށްވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތް ގޮތުން ކުންފުނި ތަކުން ކުރާ ހަރަދުތައް ކުޑަ ކުރަން އެދިލައްވާފައިވާ މި ދަނޑިވަޅުގައި ފެނަކައިން އަންނަނީ ބޭކާރު ހަރަދުތައް ކުޑަ ކުރުމަށް މަސައްކަތް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
ކޮމެންޓްތައު
Shiham
Feb 10, 2024, 05:28 PM
Muaaz mohamed rasheed aharunah deyn jehey alowance deefa thi dhogu vaahaka akah hadaabala
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved