ބ. ތުޅާދޫގައި މަސައްކަތް ކުރާ ފެނަކައިގެ 8 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ.
13 އޮންލައިނަށް މައުލޫމާތު ދެއްވަމުން ވަޒީފާއިން ވަކި ކުރި މުވައްޒަފަކުވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް އޭނާ ކަނޑާލިކަމުގެ ލިޔުންވެސް ހިއްސާކޮށްފައެވެ.
އެގޮތުން އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރ މުހައްމަދު އަތީފާއި އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ގުޅިގެންކަމަށް ތުހުމަތުކޮށްފައެވެ. އަދި އެއީ ހަންނާނު ހޮވަން މަސައްކަތް ކޮށްދިން މީހުންނަށް ވަޒީފާ ދިނުމުގެ ގޮތުންކަމަށް ބުނެ އޭނާވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާއި ގުޅިގެން މާދަމާ ހަމަ ހިމޭންކަމުގެ އިހްތިޖާޖެއް ކުރިއަށް ގެންދަންވަނީ ނިންމާފައިކަމާއި އެ އިހްތިޖާޖު އޮންނާނީ ފެނަކަ ގޯތީގައި ހެނދުނު 8 ޖަހާއިރުކަމަށްވެސް އޭނާ މައުލޫމާތުދިނެވެ.