ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ބައި ނޭޅޭ ގޮތަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ވައްކަން ނުކުރޭކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދުވެސް ވިދާޅުވެއްޖެއެވެ.
ޗެނަލް13 ގެ ނިއުސް ޓޯކްގައި ޕްރޮގްރާމުގައި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރުވަނީ ރައީސް މުއިއްޒަށް ބައި ނޭޅޭ ގޮތަށް ސަރުކާރު އެއްވެސް ކުންފުންޏެއްގައި ވައްކަން ނުކުރެވޭނެ ކަމަށާއި ކުންފުނިތަކުން ވައްކަން ކުރަމުންދަނީ ރައީސަށް ބައި އެޅޭ ގޮތަށް ކަމަށް ވިދާޅުވެފައެވެ.
އުމަރުގެ އެ ވާހަކައާ އެއްބަސްވެ ވަޑައިގަންނަވަމުން ޑރ ޖަމީލު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެމަރު ވިދާޅުވީ 100 އިން 100 ހަގީގީ ވާހަކައެއް ކަމަށާ ރައީސް މުއިއްޒަށް ބައި ނޭޅޭގޮތަށް ސަރުކާރު އެއްވެސް ކުންފުންޏަކުން ވައްކަމެއް ނުކުރާ ކަމަށެވެ.
މުއިއްޒަށް@MMuizzu ބައި ނޭޅޭގޮތަށް ސަރުކާރު އެއްވެސް ކުންފުންޏަކުން ވައްކަމެއް ނުކުރޭ.
— Mohamed Jameel Ahmed (@MJameelAhmed) January 19, 2025
މިއީ ކުރީގެ ހޯމް މިނިސްޓަރ އުމަރު ވިދާޅުވި 💯ޕަސެންޓް ތެދެއް.
މީގެ ދަލީލު؛ ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ މައްޗަށް މާނަވީ ގޮތެއްގައި ފިޔަވަޅެއް ނޭޅުން! https://t.co/jPV1f1rVXn
އޭގެ ދަލީލަކީ ތުހުމަތުކުރެވޭ އެއްވެސް މީހެއްގެ މައްޗަށް މާނަވީ ގޮތެއްގައި ފިޔަވަޅެއް ނޭޅުންކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ސަރުކާރު ދައުލަތާއި ހަވާލުވިފަހުން ވައްކަމުގެ ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެގޮތުން މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު އެމަނިކުފާނުގެ އަރިސް ބޭފުޅުން ނަށް "ވަގަށް ގޯތި" ބަހާލުމުގެ މައްސަލައެއް ވެސް ވަނީ ފެންމަތިވެފައި އެވެ.