April 3, 2026
Advertisement
ފަތުރުވެރިން ރިސޯޓެއްގައި
ފަތުރުވެރިން ރިސޯޓެއްގައި / ދަ އައިލެންޑްޗީފް

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 117،000އަށް އަރައިފި

Hussain Nawaf
ހުސައިން ނަވާފް
Jan 19, 2025, 08:53 PM

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 117,000އަށް އަރައިފިއެވެ.


ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ޑެއިލީ ޓުއަރިސްޓް އަރައިވަލްސް ރިޕޯޓްގައިވާ ގޮތުގައި މަަތިން ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 117,532 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިއީ މިދިޔަ އަހަރުގެ އެ މުއްދަތަށްވުރެ 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 12.8 އިންސައްތަ އަކީ ރަޝިއާ އިން ރާއްޖެ އައި ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ އިޓަލީންނާއި ޗައިނާއިންނެވެ. އިޓަލީން އަންނަ ފަތުރުވެރިންގެ މާކެޓުގެ ހިއްސާއަކީ މިހާރު 10.7 އިންސައްތައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޗައިނާއިން ހިއްސާކުރަނީ 9.8 އިންސައްތައެވެ.

Advertisement
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް 18 ޖެނުއަރީ 2025ގައި
ޑެއިލީ ޓުއަރިސްޓް އަރައިވަލްސް 18 ޖެނުއަރީ 2025ގައި
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved