April 4, 2026
Advertisement
އެ ދިރުވާލީ ދަޅަކުން 40 ގްރާމްއެވެ.
އެ ދިރުވާލީ ދަޅަކުން 40 ގްރާމްއެވެ. / ތޭރަގްރެފިކްސް

އެ ދިރުވާލީ ދަޅަކުން 40 ގްރާމްއެވެ.

Ali Haaji
އަލީ ހާޖީ
Jan 19, 2025, 11:52 PM
މާލެ ސިޓީ

ރައްޔިތުން ހަވާލުކޮށްފައިވާ ޒިންމާތަކަށާ އަމާނާތްތަކަށް ޚިޔާނާތްތެރިވުމުގެ ފުރިހަމަ ރެކޯޑެއް އޮތް ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލަމުންދާ ދިއުމުގެ ސިލްސިލާއަށް މިވަނީ ބޮޅެއް އިތުރުކޮށްފައެވެެ.

Advertisement

އެގޮތުން މީސް މީޑިޔާގައި މިހާރު އެންމެ ގަދަވެފައިވާ އެއް އަޑަކީ ރައިސް މުއިއްޒުގެ ހެޔޮފުޅު ކަމުން ރޯދައާ ދިމާކޮށް ކޮންމެ ގޭބިސީއަށް ބަހަން އިއުލާންކޮށްފައިވާ މަސްދަޅު ކޭހުގެ ވާހަަކައާ މިފްކޯއިން އުފައްދާ މަސްދަޅުގެ ގްރާމު މަދުކުރި ވާހަކައެވެ.

މީސް މީޑިޔާގައި އެ ވާހަކަ ރިޕޯޓު ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި އެހެން އެކަން ކުރަން ދިމާކުރީ ރައްޔިތުންނަށް މިންވަރު ހަމަކޮށް މަސްދަޅު ކޭސް ދޭނަމަ ބޮޑު ޚަރަދަކަށް ވެދާނެތީ ކަމަށެވެ. ނަމަވެސް ވެރިން ރައްްޔިތުންގެ ފައިސާއިން ޓީވީ ހަދާ ރައްޔިތުންގެ ބިމުން ވައްކަންކޮށް ބަހާ ހަދާއިރު އެއީ މައްސަލައަކަށް ނުވާ ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވެއެވެ.

ކޮންމެ އަކަސް މަސް ދަޅަކުން 40 ގްރާމު މަދުކުރި ވާހަކައަކީ ތެދެއްކަން ހާމަވަނީ މިފްކޯއިން ވެސް އެކަމަށް އިއުތިރާފުވުމުންނާ ވެސްއެކުއެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި 140 ގްރާމުގެ މަސްދަޅު ބާޒާރަށް ނެރެފައިވީ ނަމަވެސް ރޯދަ މަހަށް ބަހާނީ 180 ގްރާުގެ މަސް ދަޅު ކަމަށެވެ. އަދި 140 ގްރާމުގެ މަސްދަޅު ނެރުނީ ކުދި ގޭބިސީތަކަށް އަމާޒުކޮށް އެއް ފަހަރު ބޭނުން ކުރެވޭ އެއްޗެއް ގޮތުގައި ކަމަށާއި އެއީ މަސްދަޅު ފްރިޖު ކުރުމަކީ ރަނގަޅު ކަމަކަށް ނުވާތީ ކަމަށް ބުނެ ވެސް މިފްކޯއިންވަނީ ޑިފެންސަށް ކުޅެފައެވެ.

އަގަށް ބަދަލު ގެނެސް އަގު ކުޑަކޮށް އެ މަސްދަޅު ވިއްކާނެ ކަމަށް މިފްކޯއިން ބުނި ނަމަވެސް ހިސާބު ކިތާބު ޖަހާލާއިރު މަސްދަޅަކުން 2 ރުފިޔާ އަގު ހެޔޮވީ ނަމަވެސް ގްރާމަކުން ބަލާނަމަ މަސްވީ އަގު ބޮޑެވެ. އެގޮތުން މީގެ ކުރިން 180 ގްރާމްގެ މަސްދަޅެއް 17 ރުފިޔާ 50 ލާރިއަށް ލިބެމުން އައިއިރު މިހާރު ބާޒާރަށް ނެރުނު 140 ގްރާމުގެ މަސްދަޅެއް ލިބެނީ 15 ރުފިޔާއަށް ކަމަށްވުމުން ކުރިން 4 ރުފިޔާ 14 ލާރިއަށް ގަންނަން ލިބުނު މަސް ގްރާމު މިހާރު ލިބޭނީ 4 ރުފިޔާ 89 ލާރިއަށެވެ. އެހެންކަމުން ގްރާމަކުން 65 ލާރި އަގު ބޮޑުވީއެވެ.

ރާއްޖޭގެ ތާރީޚުގައި ކާބޯތަކެތީގެ އަދި އާންމު ބޭނުންތަކަށް ބޭނުން ކުރާ ތަކެތީގެ އަގު ދުވަހަކުވެސް ނުދާހާ މައްޗަށް ރައީސް މުއިއްޒުގެ ވެރިކަމުގައި ގޮސްފައިވާކަމުގެ ޝަކުވާ އިތުރުވެފައިވަނިކޮށް ރައްޔިތުންނަށް ޝަކުވާކުރަން އަނެއްކާވެސް ފުރުސަތެއް ސަރުކާރުން ތަނަވަސްކޮށްދިނީއެވެ.

40 ގްރާމް މަދުން އުފައްދާފައިވާ މި މަސްދަޅުތައް އަގުހެޔޮ ކުރުމަށް ބަންދުކޮށްފައިވަނީ ފަސޭހައިން ހުޅުވުމަށް މަސްދަޅުގައި އިންނަ ބައިވެސް އުނިކޮށްފައި ކަމަށްވެއެވެ.

ސަރުކާރުން ރައްޔިތުންނަށް އޮޅުވާލަން މިފަދަ ބޮޑު ފްރޯޑެއް ހިންގަން ކަމަރު ބަދެ ބަދެ ތިއްބާ މިކަންކަން ފަޅާއެރުމުން ރައްޔިތުންގެ ރުޅިގަޑު އިންތިހާއަށް ވަނީ ގޮސްފައެވެ. މަކަރާ އޮޅުވާނުލާނީ ކޮންކަމަކުންތޯ އަހާ ރައްޔިތުން ބުނަމުންދަނީ މަސް ދަޅަކުންވެސް 40 ގްރާމު ދިރުވާލައިފި ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved