ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
މުޅި ދައުލަތް އެކީ ވަނީ އަނދިރި ދައުލަތަކަށް ބަދަލުވެފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
19 ޖެނުއަރީ 2025
މާލެ ސިޓީ

މިހާރު ދިވެހިރާއްޖޭގެ މުޅި ދައުލަތް އެކީ ވަނީ އަނދިރި ދައުލަތަކަށް ބަދަލުވެފައި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި، ސަރުކާރުން ރައްްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރަމުން ގެންދާތީ އެކަމަށް އިޝާރާތްކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ޑީއެންއާރުގައި ރައްޔިތުން ދައުލަތަށް ނުހަނު އިތުބާރުކޮށް ރައްކާކޮށްފައި ހުރި އެލިޔުންތަކަކީ މިހާރު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ އެއްޗެއްހިއްސަށް ވެއްޖެ ކަމަށެވެ.

ފުރާ ފޯމުތަކާ އިނގިލީގެ ނިޝާން ޖެހުމާ ދެން ކެހިވެރިން ސޮއިކުރުމާ ކޮބާހޭ މީގެ ބޭނުމަކީ. މި ދައުލަތުގެ ލިޔުމަކީ މިހާރު އޭގެ ޒާތުގައި މީހުން އިހުތިރާމު ކުރާ އެއްޗަކީ ނުވީއޭ މި މައްސަލައާ ގުޅިގެން. އެހެންވީމަ މި ދެންނެވީ މުޅި ދައުލަތް އެކީ މިއޮތީ އަނދިރި ދައުލަތަކަށް ބަދަލުވެ ނިމިފައި. މީގެ ޒިންމާ ހަމައެކަނި އުފުލަން ޖެހޭނީ އިހުސާނެއް ނޫން. މީގެ ޒިންމާ ހަމަ ފެއަރ އެންޑް ސްކެއަރ ރައީސުލްޖުމްހޫރިއްޔާ އެބަ އުފުލަން ޖެހޭ.

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަން ކޮށްފި އަދި އެވަރުގެ ބޮޑު ޖިނާއީ ކުށެއް ރައީސަށް ނޭނގި ނުހިނގާނެ ކަމަށެވެ. އަދި ކިރިޔާވެސް ރައްޔިތުން ކުރިމަތީ އިސް އުފުލާ ބަލާލަން ބޭނުން ނަމަ ހުރިހާ ވެރިން އިސްތިއުފާދީ ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved