April 23, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

ރައީސް މުއިއްޒުގެ ތަރިދަނީ އޮއްސެމުން: މަލީހު

Hussain Nawaf
ހުސައިން ނަވާފް
Jan 20, 2025, 06:43 PM

ރައީސް މުހައްމަދު މުއިއްޒުގެ ތަރި ދަނީ އޮއްސެމުންކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ސިޔާސީ ދައުވާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސާބިތުކަން ދެއްވުމަށް މަލީހުވަނީ އެދިލައްވާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ހުވާކުރައްވާ ދުވަހު އެ މައްސަލައިގެ އަޑު އެހުމެއް ތާވަލް ކުރުމާއި ގުޅިގެން އެމަނިކުފާނުވަނީ އެއީ އިއްތިފާގެއްތޯ ސުވާލު އުފައްދަވާފައެވެ.

އެގޮތުން ރައީސް މުއިއްޒުގެ ތަރި އެދަނީ އޮއްސެމުންކަމަށް ވިދާޅުވެ އެމަނިކުފާނުގެ މަސައްކަތްޕުޅު ހުއްޓާލައްވާނީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށްފަހުކަމަށްވެސް މަލީހު ފާހަގަ ކުރެއްވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާ އިރު މިއަދުވަނީ ރައީސް ޔާމީންގެ ވ. އާރަށް މައްސަލަ އާއި ގުޅޭ އަޑު އެހުމެއް ކުރިއަށްގޮސްފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved