April 28, 2026
Advertisement
ޝަހީދު ހުސައިން އާދަމް ބިލްޑިން: --
ޝަހީދު ހުސައިން އާދަމް ބިލްޑިން: -- / ޕޮލިސް

ހިންދޫ ހާމުދުރެއް ރާއްޖޭގައި ފަރުވާ ދެނީ، މައްސަލަ ބަލަނީ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Jan 21, 2025, 04:45 PM
މާލެ ސިޓީ

ހިންދޫ ދީނުގެ ހާމުދުރަކު ރާއްޖެ އައިސް، ރޫހާނީ ފަރުވާ ދޭން އިޝްތިހާރު ކުރަމުންދާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

Advertisement

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާސްޓާ ދުރްގާ ރާއޯ ގުރުޖީ ނަމަކަށް ކިޔާ މީހަކު ރާއްޖޭގައި ރޫހާނީ ފަރުވާގެ ހިދުމަތްތަކެއް ދޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން، ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އެ އިޝްތިހާރުގައި ބުނާ ގޮތުގައި، އެ މީހާއަކީ ފާލު ބެލުމާއި ސިހުރު ރަނގަޅުކުރުމުގެ ފަރުވާ އާއި ސިއްހީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ހައްލު ހޯދައިދޭ މީހެކެވެ. އަދި އެ މީހާ އަށް އެޕޮއިޓްމަންޓް ހެއްދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ހިމަނާފައިވެ އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ވެސް ފާދިރީއަކު އައިސް، ރޫހާނީ ފަރުވާގެ ކްލާސްތައް ނަގައިދޭ ކަމަށް ބުނެ ކެމްޕޭނެއް ހިންގި އެވެ. އެ މީހާ ގާތަށް ގިނަ ބަޔަކު ދަނިކޮށް، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަދި ފަހުން ވަނީ ޑީޕޯޓު ކޮށްލާފަ އެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved