March 19, 2026
Advertisement
ޑރ. ޖަމީލް
ޑރ. ޖަމީލް / ޝަފްރާޒް | ތޭރަ އިމޭޖްސް

ހައިދަރަށް ފާޑު ކިޔަނީ މަގާމަށް ކުފޫ ހަމަ ނުވާކަން ފެންނަން ފެށުމުން: ޑރ. ޖަމީލް

Hussain Nawaf
ހުސައިން ނަވާފް
Jan 21, 2025, 06:51 PM
މާލެ ސިޓީ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދަށް ރައްޔިތުން ފާޑު ކިޔަނީ އެމަނިކުފާނުގެ މަގާމަށް ކުފޫހަމަ ނުވާކަން ފެންނަން ފެށުމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މަގާމުގެ ޒިންމާ އަދާނުކުރެވޭނަމަ އެވާހަކަ ދައްކާނެ ކަމާއި އެއީ ޓެކްސް ޕޭޔަރުންގެ މުސާރައިގައި ވަޒީފާ އަދާ ކުރާ ކޮންމެ މީހަކުވެސް ކުރިމަތިލާންޖެހޭ ޙަގީގަތްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އެގޮތުން މަގާމަށް ކުފޫހަމަ ނުވާކަން ފެންނަން ފެށުމުން އެވާހަކަވެސް ދައްކާނެކަމާއި އެއީ ޒާތީ ވާހަކައެއް ނޫންކަމަށް އެމަނިކުފާނުގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރު ހައިދަރަކީ މުޅި ޙަޔާތުގައި އިސްލާހީ އަދި ސިޔާސީ މަސައްކަތެއް ނުކޮށް، ރަޙްމަތްތެރިކަމުން ވަޒީފާ ހޯދި ބޭފުޅެއްކަމާއި އެއީ މިޒަމާނުގެ ޑިމޮކްރަސީވެސް ގަބޫލު ނުކުރާ ހަމައެއްކަމަށް ޑރ ޖަމީލުވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިއަދު މިނިސްޓަރ ހައިދަރަކީ ރައްޔިތުންގެ ޓެކްސް ފައިސާގައި މުސާރަ ނަގާ ނާގާބިލްކަމާ، ނުކުޅޭދޭކަމާ ތަޖްރިބާއެއް ނެތްކަން ސާބިތުވެފައިވާ ރައްޔިތުން ރުޅިއަރުވަން މަސައްކަތް ކުރާ ބޭފުޅެއްގެ ގޮތުގައި ސިފަވާކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ހައިދަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޑރ ޖަމީލުގެ ނުުރުހުމާ ފާޑުކިޔުން މިނިސްޓަރު ހައިދަރަށް އަމާޒުވެފައިވާއިރު، ހައުސިން މިނިސްޓަރު ކަމުގައި ހުންނަވާވެސް ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ހައިދަރަށް ކޮށްނުދެވުމުން ރައީސް މުއިއްޒު ވަނީ އޭނާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލުވެސް ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved