March 26, 2026
Advertisement
ރައީސް ޔާމީން އަބްދުލް ޤައްޔޫމް
ރައީސް ޔާމީން އަބްދުލް ޤައްޔޫމް / ތޭރަ އޮންލައިން

މިހާރުގެ ސަރުކާރުން ދެކެނީ އަޅުގަނޑުމެންނަކީ އިދިކޮޅު ޕާޓީއެއް ގޮތުގައި: ރައީސް ޔާމީން

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Feb 9, 2024, 02:05 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ދެެކެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޕާޓީއަކީ ސަރުކާރުގެ އިދިކޮޅު ޕާޓީ ކަމަށް އެމނަިކުފާނު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕާޓީގެ ފްރަންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްވަމުންނެވެ.

އެގޮތުން މި ސަރުކާރު ގެންނަން އެތައް މަސައްކަތެއް ކުރެއްވި ނަމަވެސް މިހާރު ސަރުކާރުން ދެކެނީ އިދިކޮޅު ބައެެއްގެ ގޮތުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިހާރުގެ ސަރުކާރުން ދެކެނީ އަޅުގަނޑުމެންނަކީ އިދިކޮޅު ޕާޓީއެއް ކަމަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރަކީ އެމަނިކުފާނުގެ އެންޑޯސްމެންޓާއެކު، އެމަނިކުފާނުގެ ހުސްގޮނޑިއާއި ނަންފުޅު ވިއްކައިގެން އައި ސަރުކާރެއްކަން ފާހަގަކޯށްލެވެއެވެ.

ރައީސް ޔާމީން އަބަދުވެސް ވިދާޅުވަމުންދަނީ އެމަނިކުފާނުގެ ޕާޓީ ވެގެންދާނީ ސަރުކާރުގެ ދޮފާއުގައި މަސައްކަތް ކުރައްވާނެ ޕާޓީއެއްގެ ގޮތުގައި ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved